އިދިކޮޅު ކޯލިޝަނުން "ކޮތަރުކޮށި" ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ސިޓީ ކައުންސިލުން، އިދިކޮޅު ޕީޕީއެމަށް ދީފިއެވެ.
ޕީޕީއެމްގެ ޖަލްސާ ހުޅުމާލޭގައި ބޭއްވުމުގެ ހުއްދަ ސިޓީ ކައުންސިލުން ދީފައި މިވަނީ، ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެޗްޑީސީއަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށް ފަހުގައިކަމަށް އެކޯޕަރޭޝަނުން ބުނެފައި ވަނިކޮށެވެ.
އެޗްޑީސީން މިހެން ބުންޏަސް ޖަލްސާ ބޭއްވުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލުން ވަނީ ޕީޕީއެމަށް މިހާރު ދީފައެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖަލްސާ ބޭއްވުމުގެ ހުއްދައަށް އެދި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ސިޓީފުޅަށް ކައުންސިލުން ވަނީ ޖަވާބުދީފައެވެ. އެގޮތުން މިމަހުގެ 10 ވަނަ ދުވަހުގެރޭ ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާ ބޭއްވުމުގެ ހުއްދަދީފައިވާ ކަމަށް ޑެޕިއުޓީ މޭޔަރ ނަރީޝް ސޮއިކުރައްވާ ފޮނުއްވި ސިޓީގައިވެއެވެ.
"ކޮތަރުކޮށި" ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ސިޓީ ކައުންސިލުން، އިދިކޮޅު ޕީޕީއެމަށް ދިންނަމަވެސް، އެކަން އެގޮތަށް ކުރިއަށްދާނެކަން އޮތީ ޝައްކެއްގެ ތެރޭގައެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށް ފަހު އެކޯޕަރޭޝަނުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން އެކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމަށެވެ. ނަމަވެސް، މީޑިއާގައި ދައުރުވަމުންދާ ޚަބަރުގައިވާ، ޕީޕީއެމް/ ޕީއެންސީގެ ފަރާތުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ އެކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާ ހަރަކާތެއް ނޫން ކަމަށް އެކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް މިފަދަ ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެކޯޕަރޭޝަނަށް ހުށައަޅައިގެން އެހެން ފަރާތްތަކުންވެސް އަމަލުކުރާ އުސޫލުގެ ތެރެއިން އެ ހުއްދައަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ޤާނޫނުގައި ވާގޮތަކީ ކޮބާކަމާ،7/2010 ގައިވާ އެއްޗެއް ރަގަޅަށް ސާފުކުރުމަށް @hdcmaldives ވެރިނަށް ގޮވާލަން.ލާމަރުކަޒީ ޤާނޫނުގެ މަންމަ ކަމަށް ދަޢުވާ ކުރި މީހުންގެ ހާލަތު މިއަދު މިއޮތީ ވަރަށް ލަދުވެތިކޮށް.ޖަލްސާ ކުރިއަށްދާނެ.އިންޝާالله🇲🇻☝🏼 pic.twitter.com/mgcg3RfR3k
— Ibrahim Shujau (@IbrahimShujaau) December 7, 2021
"ކޮތަރުކޮށި" ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ސިޓީ ކައުންސިލުން، އިދިކޮޅު ޕީޕީއެމަށް ދިންނަމަވެސް، އެކަން އެގޮތަށް ކުރިއަށްދާނެކަން އޮތީ ޝައްކެއްގެ ތެރޭގައެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށް ފަހު އެކޯޕަރޭޝަނުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން އެކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމަށެވެ. ނަމަވެސް، މީޑިއާގައި ދައުރުވަމުންދާ ޚަބަރުގައިވާ، ޕީޕީއެމް/ ޕީއެންސީގެ ފަރާތުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ އެކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާ ހަރަކާތެއް ނޫން ކަމަށް އެކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް މިފަދަ ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެކޯޕަރޭޝަނަށް ހުށައަޅައިގެން އެހެން ފަރާތްތަކުންވެސް އަމަލުކުރާ އުސޫލުގެ ތެރެއިން އެ ހުއްދައަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު