ރާއްޖޭގެ އަތޮޅުތަކުގައި މުއްދަތު ހަމަވެފައިވާ ވެކްސިން ބޭނުން ނުކުރާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ މިހެން ވިދާޅުވީ، ރާއްޖޭގެ އަތޮޅުތަކުގައި މުއްދަތު ހަމަވެފައިވާ ވެކްސިން ބޭނުންކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން "ރަސްއޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެެވެ. ޑރ. ނަޒްލާ ވިދާޅުވީ މުއްދަތު ހަމަވެފައިވާ ވެކްސިން ބޭނުންނުކުރާނެ ކަމަށެވެ. އަދި ފައިޒާ ވެކްސިންގެ ވިއަލްގަައި ޖަހާފައިވާ މުއްދަތު ހަމަވާ ތާރިޚު އިތުރު ތިން މަހަށް އިތުރުކޮށްފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން އަންގާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑް-19 އިން ދިފާއު ވުމަށް ރާއްޖޭގައި ދޭ ވެކްސިންގެ ދެ ޑޯޒް 364814 މީހުން މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މީގެ އިތުރުން 16513 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. ރާއްޖޭގައި މިހާރު ކޯވިޑްގެ ބޫސްޓަރ ޑޯޒް ޖަހަމުން ގެންދަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ދާއިމީ ބަލިތައް ހުންނަ މީހުންނަށެވެ. ނަމަވެސް ވަރަށް އަވަހަށް ރާއްޖޭގެ އެންމެންނަށް ބޫސްޓަރ ޑޯޒް ޖެހުމަށް ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު