އިސްލާމްދީނުގެ ޝިއާރުތަކަށް އިހާނެތިކޮށް ހަދާ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެެވެ.

ދީނީ އިލްމްވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވީ، ‏އިސްލާމްދީނުގެ ޝިޢާރުތަކަށް ތަކުރާރުކޮށް ދޭސީންނާއި ބިދޭސީންގެ ފަރާތުން އިހާނެތި ކަންތައްތައް ދިމާވުން އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އެކަންކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޝެއިހް ޒައިދު ވިދާޅުވިއެެވެ.

"ރާއްޖެ ދަތުރުކުރަމުން މިދަނީ ކަޅުވިލާގަނޑަކާ ދިމާލަށް! މިކަން ޙައްލު ކުުރުމަކީ ދިވެހި ހުރިހާ އަފްރާދުންގެ ޒިންމާއެއް!" ޒައިދު ވިދާޅުވިއެވެ.



ޒައިދު މިހެން ވިދާޅުވެފައިވާއިރު، ކޮނޑޭ ސްކޫލްގައި މަސައްކަތްކުރާ ޓީޗަރަކު ދަރިވަރުންނަށް ލައްވާ ކަރުދާހުން ކްރިސްމަސް ގަސްތަކެއް ހައްދުވައި އެހެން ޓީޗަރަކު އިސްލާމް ފޮތް އެއްލާލައި އިސްލާމްދީނަށް އިހާނެތިވާ ގޮތަށް ކަންތައްތަކެއް ކޮށްފައިވާ މައްސަލަ އެއް ބެލެނިވެރިންނާއި ހަވާލާދީ ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އެކަން ދޮގުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު