މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތެރޭގައި ވެސް ސްކޫލް ކުދިންނަށާއި، އިސް ރަށްވެހިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ބަސްތަކުގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ މިގޮތަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުން ފެށިގެން ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފަށައިގެން ސްކޫލް ކުދިންނާއި، 65 އަހަރުން މަތީގެ މީހުން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ބަސް ދަތުރު ކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެއިތުރުން އައްޑޫ، ފުވައްމުލައް، ލ އަތޮޅުގެ ގަން، ފޮނަދޫ، އަދި އިސްދޫ، ކަލައިދޫގައި ބަހުގެ ޚިދުމަތް ދޭން ފެށުމަށް އައު ބަސްތަކެއް ހޯދުމުގެ މަސައްކަތް މިވަގުތު ކުރަމުން އަންނަ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ އައު ބަސްތައް ލިބުމާއެކު ފުވައްމުލަކާއި ލ. އަތޮޅުގެ ގަން، ފޮނަދޫ، އަދި އިސްދޫ، ކަލައިދޫގައިވެސް ބަހުގެ ޚިދުމަތް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ލިބޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން