2019 ވަނަ އަހަރު ށ.ނޫމަރާ ފަރަށް އެރި ބާޖެއް 61 މިލިއަނަށްވުރެ ގިނަ ރުފިޔާއިން ޖޫރިނަމާކޮށްފިއެވެ.
އީޕީއޭއިން ޖޫރިމަނާކޮށްފައިވަނީ ނޫމަރާ ބަނދަރު ހެދުމުގެ މަސައްކަތްކުރުމަށް އެރަށަށް ގެންގޮސްފައިވާ "މެރިން ޕަވަރ 2317" ނަމަކަށް ކިޔާ ބާޖެކެވެ. މި ބާޖު އަރާފައިވަނީ، އެރަށު ނެރުމައްޗާއި ދިމާލުން ފަރަށެވެ. އެހާދިސާ ހިނގީ އެސަރަހައްދަށް ބާޖު ކައިރިކުރަން އުޅުމުގެ ތެރޭގައެވެ.
އީޕީއޭއިން ވިދާޅުވީ، 26 އޮކްޓޫބަރު 2019 ގައި ހިނގި އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ފަސްދޮޅަސް އެއްމިލިއަން ހަލައްކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ސޯޅަ ރުފިޔާއިން އެ ބާޖުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ބާޖުގެ ދިވެހިރާއްޖޭގެ އެޖެންޓު، ރޮސޮފް ޕްރައިވެޓް ލިމިޓެޑަށް އިއްޔެ އަންގާފައިވާކަމަށް އީޕީއޭއިން ވިދާޅުވިއެވެ.
ނޫމަރާ ފަރަށް އެރި ބާޖު ފުންކޮށް، އެ ސަރަޙައްދަށް ފެތިފައި އޮތް އެ ބޯޓުގެ ބައިތައް އެ ސަރަޙައްދުން ނަގައި އެ މަސައްކަތްކޮށް ނިމިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16ގައެވެ.
ނޫމަރާ ނެރާ ދިމާލު ފަރުމައްޗަށް ބާޖު އެރުމުގެ ސަބަބުން އެ ސަރަހައްދު ބޮޑެތި ގެއްލުންތަކެއް ލިބި ނެރުމަތި ވަނީ ތިލަވެފައެވެ.

Press Release regarding the grounding of ‘Marine Power 2317’ barge at Sh. Noomaraa. pic.twitter.com/rzAiJa6p9N
— EPA Maldives (@EPAMaldives) December 8, 2021
އީޕީއޭއިން ވިދާޅުވީ، 26 އޮކްޓޫބަރު 2019 ގައި ހިނގި އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ފަސްދޮޅަސް އެއްމިލިއަން ހަލައްކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ސޯޅަ ރުފިޔާއިން އެ ބާޖުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ބާޖުގެ ދިވެހިރާއްޖޭގެ އެޖެންޓު، ރޮސޮފް ޕްރައިވެޓް ލިމިޓެޑަށް އިއްޔެ އަންގާފައިވާކަމަށް އީޕީއޭއިން ވިދާޅުވިއެވެ.
ނޫމަރާ ފަރަށް އެރި ބާޖު ފުންކޮށް، އެ ސަރަޙައްދަށް ފެތިފައި އޮތް އެ ބޯޓުގެ ބައިތައް އެ ސަރަޙައްދުން ނަގައި އެ މަސައްކަތްކޮށް ނިމިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16ގައެވެ.
ނޫމަރާ ނެރާ ދިމާލު ފަރުމައްޗަށް ބާޖު އެރުމުގެ ސަބަބުން އެ ސަރަހައްދު ބޮޑެތި ގެއްލުންތަކެއް ލިބި ނެރުމަތި ވަނީ ތިލަވެފައެވެ.
ކިޔުންތެރިންގެ ހިޔާލު