މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް އެ މީހާ އައްޑޫ ސިޓީގައި ހުރިކަން އެނގިއްޖެއެވެ.
ގެއްލިގެން އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދުނީ ދ. މީދޫ / ނޫރާނީވިލާ، ޢަލީ އިސްމާޢީލް (54އ) ހޯދުމަށެވެ.
ފުލުހުން ވިދާޅުވީ ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައިކަމަށެވެ. އަދި ފުލުހުން ކުރި މަސައްކަތުން އޭނާ ނުފެނުނުކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް މިހާރު އޭނާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރާކަން އެނގުމުން، ފުލުހަށް ހާޒިރުވެ އޭނާގެ މައުލޫމާތު ހިއްސާކުރިކަމަށެވެ.
މީގެކުރިންވެސް މަސް ދަތުރުތަކުގައި ނުވަތަ ކަނޑުމަތީގައި ގިނަ ދުވަސްވުމުން އާއިލާއަށް ހަބަރެއް ނުވެގެން ބައެއް މީހުން ގެއްލިގެން ހޯދަން އިއުލާންކޮށްފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު