އިންޑިއާގެ ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވާތު ދަތުރުކުރެއްވި ހެލިކޮޕްޓަރެއް އިންޑިއާގެ ޓަމިލްނަޑޫއަށް ވެއްޓިއްޖެއެވެ.
މި ހާދިސާގައި 4 މީހަކު މަރުވެފައިވާކަން އެނގިފައިވާއިރު، އޭގެ ތެރޭގައި ޖެނެރަލް ބިޕިން ހިމެނިވަޑައިގަންނަވާކަމެއް ނުވަތަ ނޫންކަމެއް އަދި ޔަގީނެއް ނުކުރެއެވެ.
މިހާދިސާ ހިނގިއިރު ބިޕިން ދަތުރުކުރައްވަމުން ގެންދެވީ ސުލޫރުގެ އެއަރފޯސް ބޭސްއަކުން ޓަމިލް ނާޑޫގެ ޑިފެންސް ސަރވިސް ސްޓާފް ކޮލެޖުގައި ލެކްޗަރެއް ދެއްވުމަށެވެ.
އިންޑިއާގެ ފުރަތަމަ ޑިފެންސް ޗީފްގެ މަޤާމަށް ބިޕިން އައްޔަންކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
ވެއްޓުނު ހެލިކޮޕްޓަރަކީ ރަޝިޔާގެ އެމްއައި 17ވީ5 މަރުކާގެ ހެލިކޮޕްޓަރެކެވެ. މިއީ އަސްކަރިއްޔާއާއި ސަރުކާރުގެ އިސް އޮފިޝަލުން އާންމުކޮށް ދަތުރުކުރައްވާ ހެލިކޮޕްޓަރެކެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މިހާދިސާ ހިނގަން މެދުވެރިވެ ގޮތް ބެލުމަށް ޚާއްސަ އިންކުއަރީއެއް ހެދުމަށް ނިންމާފާއެވެ.

ކިޔުންތެރިންގެ ހިޔާލު