މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން އަންގައިފިއެވެ.
ކުރީގެ ސަރުކާރުގައި އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އޭސީސީއަށް ހާޒިރުކުރަނީ ނިއު ޕޯޓް ހިންގި ސްޓްރާޑާ ކުންފުންޏަށް ފައިދާވާ ގޮތަށް ބްރިޖް ވިއު ޕްލެޓްފޯމާއި ފުޑް އައުޓްލެޓް ކުއްޔަށް ދިންކަމަށް ތުހުމަތުކުރާ މައްސަލައިގައެވެ.
މުއިއްޒު ވިދާޅުވީ މިއަދުގެ މެންދުރު ދޭއް ޖަހާއިރަށް އޭސީސީއަށް ހާޒިރުވާން އޭނާއަށް އަންގާފައިވާ ކަމަށެވެ. އަދި އެ އެންގުން އައީ މި ދުވަސްކޮޅު ސިޓީ ކައުންސިލްގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދާތީ ބިރު ދެއްކުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭސީސީއަށް ހާޒިރުކުރިޔަސް އެކަމަކާ ޖެހިލުވެވަޑައިނުގަންނަވާކަމަށެވެ. މުއިއްޒު ވިދާޅުވީ އޭސީސީއަކީ ގާނޫނީ ގޮތުން މިނިވަން މުއައްސަސާއަކަށް ވިޔަސް، އެއީ މިނިވަންކަމާއެކު ހިނގާ ތަނެއް ނޫންކަމަށެވެ.
ނިއު ޕޯޓްގެ މައްސަލައިގައި މުއިއްޒަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް މީގެކުރިން ވަނީ ފޮނުވާފައެވެ. ނަމަވެސް އެ މައްސަލަ ވަނީ މިދިޔަ ހަފުތާގައި އަނބުރާ އޭސީސީއަށް ފޮނުވާލާފައެވެ.
މުއިއްޒު މިއަދު އޭސީސީއަށް ހާޒިރުކުރުމަށް ނިންމާފައިވާއިރު، ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އަދި ނިމިދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ފެއިލްވި އަކްރަމް ކަމާލުއްދީން ވަނީ އިއްޔެ މުއިއްޒަށް އިންޒާރެއް ދެއްވާފައެވެ.
އަކްރަމް ވިދާޅުވީ ނިމިދިޔަ ވެރިކަމުގައި ޑރ. މުއިއްޒު ވަޒީރަކަށް ހުންނަވައިގެން ބިންތަކާއި ޕްރޮޖެކްޓްތައް ހިތުހުރި ގޮތަކަށް ހިންގާފައިވާ ކަމަށެވެ. އަދި މިހާރު އަނެއްކާވެސް ބާރެއް ލިބިވަޑައިގެންނެވި ކަމަށް ހިތައި ޤާނޫނާއި ގަވާއިދާ ޚިލާފުވެވަޑައިގަންނަވަމުންދާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެހެންކަމުން ވަރަށް އަވަހަށް އިންސާފު އަރާ މުއިއްޒުއާ ހަމަކުރާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު