މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާޠިލްކުރަން ނިންމި މައްސަލަ އެޗްޑީސީން ކޯޓަށް ހުށަހަޅައިފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ މާލެ ސިޓީ ކައުންސިލުން ބާޠިލްކޮށްފައިވާކަން އިއްޔެ ސިޓީއަކުން އަންގާފައިވާކަމަށެވެ. ނަމަވެސް މި ނިންމެވުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤާއި، ބިމާބެހޭ ޤާނޫނުގެ 24ވަނަ މާއްދާގެ (ށ)އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 56ވަނަ މާއްދާގެ (ށ)އާ ޚިލާފަށް ނިންމަވާފައިވާ ނިއްމެވުމެއްކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެހެންކަމުން މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާޠިލްކުރަން ނިންމި މައްސަލައަކީ ޤާނޫނާއި ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅުއްވައި އެނިންމުން ބާޠިލުކޮށްދެއްވުމަށް އެދި ސިވިލް ކޯޓަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއަށް ހުށަހަޅާފައިވާކަމަށް އެޗްޑީސީން ބުނެފައި ވެއެވެ. މީގެއިތުރުން ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރެއްވުމަށް މާލެ ސިޓީ ކައުންސިލަށް އަންގަވައިދެއްވުމަށްވެސް ސިވިލް ކޯޓަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލައިގައި އެޗްޑީސީން ބުނެފައިވެއެވެ.
ހުޅުމާލޭ ރަޖިސްޓްރީ ބާތިލްކުރުމަށް ނިންމީ އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ އާންމު ޖަލްސާގައެވެ. އެގޮތަށް ފާސްވީ ސިޓީކައުންސިލްގެ 12 މެމްބަރުންގެ އަޣުލަބިއްޔަތުންނެެވެ. އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީކައުންސިލްގެ އެ ޖަލްސާއަށް ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް ސިޓީކައުންސިލްގެ ދަށަށް ގެންނަން ހުށައެޅުއްވާފައިވަނީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ. މިކަމާއި ގުޅިގެން ސަރުކާރާއި ސިޓީ ކައުންސިލާއި ދެމެދު ވަނީ ބޮޑު އަރައިރުމެެއް އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު