އައްޑޫ ސިޓީގެ ހުޅުމީދޫއާއި ފޭދޫއާ ދެމެދު ސައިކަލް ފެރީގެ ޚިދުމަތް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މިއަދު މި ތައާރަފް ކުރި ޚިދުމަތުގައި ބޭނުންކުރާ ސައިކަލް ފެރީގައި 15 ސައިކަލުގެ ޖާގައިގެ އިތުރުން 60 ފަސިންޖަރުން އުފުލޭނެކަމަށެވެ. އަދި ދިޔަވަރަށް އަންނަ ބަދަލުތަކާއިއެކުވެސް ސައިކަލްތައް ފެރީއަށް އެރުވުމަށްޓަކައި އެކަމަށް ހާއްޞަ ލިފްޓެއް ފޭދޫ އަދި ހުޅުމީދޫގައި ބެހެއްޓިފައި ހުންނާނެކަމަށާއި ސައިކަލް ފެރީ ޚިދުމަތުގެ އަގަކީ ސައިކަލަކަށް 20 ރުފިޔާކަމަށް އެމްޓީސީސީން ބުނެއެވެ.







އެމްޓީސީސީން ބުނީ ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ސައިކަލް ފެރީގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށެވެ.

ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަޤްޞަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުންކަމަށް އެ ކުންފުނިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު