އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާއްވަން މަސައްކަތް ކުރަމުން ދިޔަ "ކޮތަރުކޮށި ޖަލްސާ" ކާނިވާ ސަރަހައްދުގައި ބާއްވާގޮތަށް ނިންމައިފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކޮތަރު ކޮށި ޖަލްސާ ކުރިން ނިންމީ އުސްފަސްގަނޑުގައި ބޭއްވުމަށް ކަމަށެވެ. އެހެން ނަމަވެސް އެއީ ސަރުކާރު ބިމެއް ކަމަށާއި، އެތަނަށް ކަރަންޓްވެސް ގުޅާ ނުދެވޭނެ ކަމަށް އެ ޕާޓީއަށް އަންގާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. އެހެންކަމުން ކޮތަރުކޮށި ޖަލްސާ ކާނިވާ ސަރަހައްދަށް މިހާރު ބަދަލު ކޮށްފައިވާ ކަމަށް ހީނާ ވިދާޅުވިއެެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކޮތަރު ކޮށި ޖަލްސާ ބާއްވަން އުޅުމުން އެޗްޑީސީގެ ހުއްދަ ނުނަގާ ކަމަށް ބުނެ، ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. އެޗްޑީސީގެ ހުއްދަ ނެތި އެ ޖަލްސާ ނުބޭއްވޭނެ ކަން އެންގުމުން، ޕީޕީއެމްގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލްކޮށްފައެވެ.



މާލޭ ސިޓީކައުންސިލުގެ އެ ނިއްމުން ބާތިލް ކުރުމަށް އެޗްޑީސީން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައެވެ. މީގެ އިތުރުން މާލޭ ސިޓީކައުންސިލްގެ މައްސަލަ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވެސް ވަނީ ހުށަހަޅައިފައެވެ.



ކިޔުންތެރިންގެ ހިޔާލު