ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ބާއްވަން އުޅުނު "ކޮތަރުކޮށިޖަލްސާ" ކާނިވަލަށް ބަދަލުކުރުމަކީ ސަރުކާރަށް ދޫ ދިނުން ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ބާއްވަން އުޅުނު "ކޮތަރުކޮށިޖަލްސާ" މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ބާއްވަން ނިންމުމަށްފަހު ސަރުކާރުން އެއްބާރުލުން ނުދިނުމުން އެޖަލްސާ މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ބާއްވަން ވަނީ ނިއްމާފައެވެެ.

ކޮތަރުކޮށިޖަލްސާ ފުލެޓް ސަރަހައްދުގައި ނުބޭއްވުނީ އެޗްޑީސީންނާއި ފުލުހުން އެކަމަށް ހުރަސް އެޅުމުންނެެވެ. އޭގެ ފަހުން އުސްފަސްގަނޑު ސަރަހައްދުގައި އިދިކޮޅުގެ ޖަލްސާ ބާއްވަން އުޅުމުން އެއީ ސަރުކާރުގެ ބިމެއް ކަމަށް ބުނެ އެތަނަށް ކަރަންޓް ގުޅައިދެވެން ނެތްކަން އެންގުމުން އެންމެ ފަހުން ޖަލްސާ ވަނީ ކާނިވާ ސަރަހައްދުގައި ބާއްވާގޮތަށް ހަމަޖައްސާފައެވެ.

ހިޔާފްލެޓް ސަރަހައްދުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހިޔާފްލެޓްތަކުގެ ކައިރީގައި ޖަލްސާ ބޭއްވުމަށް ސަރުކާރުން ހުރަސް އަޅާފައިވާ ކަމަށެވެ. އަދުރޭ ވިދާޅުވީ، ސަރުކާރުން ޖަލްސާ ބޭއްވުމަށް ހުރަސް އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބަައްދަލުކުރައްވަން އުޅުއްވާތީ ކަމަށެވެ.

އަބުދުއް ރަހީމް ވިދާޅުވީ، ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ރައީސް ޔާމީން މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.



"އެކަމެއް ނުހުއްޓުވޭނެ." އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮތަރު ކޮށި ޖަލްސާ ހުޅުމާލޭގައި ބޭއްވުމަށް އެޗްޑީސީން ހުރަސް އެޅުމުން ޕީޕީއެމްޕީއެންސީން މިއަދު ވަނީ ފުލުހުންނާ ވެސް ބައްދަލުކޮށްފައެވެ. އެކަމާ ގުޅިގެން އަބުދުއްރަހީމް ވިދާޅުވީ އެތަނުގައި ޖަލްސާ ނުބޭއްވޭނެ ގާނޫނީ އެއްވެސް ސަަބަބެއް ފުލުހުންނަށް ނުދެއްކޭ ކަމަށެެވެ. މާލެ ސަރަހައްދުގައި ހިމެނޭ ކޮންމެ ތަނެއްގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ވެސް މާލޭ ސިޓީ ކައުންސިލަށް ދެވޭނެ ކަަމަށް ވެސް އަބުދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅުގެ ކޮތަރު ކޮށި ޖަލްސާ ބާއްވަން އެޗްޑީސީން ހުރަސް އެޅީ އެކޯޕަރޭޝަންގެ ހުއްދަ ނެތި ޖަލްސާ ބާއްވަން އުޅުމުންނެެވެ. އެޗްޑީސީން ބުނީ، ހުޅުމާލެ އަކީ އެ ކުންފުނީގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފައިވާ ތަނެެއް ކަމަށެވެ. އެކޯޕަރޭޝަންގެ ހުއްދަ ނެތި އެއްވެސް ފަރާތަކުން ހަރަކާތެއް ހިންގާނަމަ އެކަމެއް ހުއްޓުވައި ދިނުމަަށް އެޗްޑީސީން ވަނީ ސަލާމަތީ ބާރުތަކުގައި އެދިފައެވެ. މާލޭ ސިޓީކައުންސިލުން މިހާރު ވަނީ އެޗްޑީސީއަށް ހުޅުމާލެ އިން ދޫކޮށްފައިވާ ރަޖިސްޓްރީ ބާތިލްކޮށް ސިޓީ ކައުންސިލްގެ ދަށައް ހުޅުމާލެ ގެނައުމަށް ފާސްކޮށްފައެވެެ.



ކިޔުންތެރިންގެ ހިޔާލު


10

ދައީދު

10-Dec-2021

ރައީސް ޔާމީނަކީ ދިވެހިޤައުމު ފަޚުރުވެރިވާ ވަރުގެ އުފެއްދުންތެރި ، ބިނާކުރަނިވި ތަރަށްގީ ކުރު މުއްދަތެއްގެތެރޭ މިޤައުމަށް ގެނެސްދެއްވެވި ހަމައެކަ ރައީސް ރައީސް ޔާމީާނު ފަންސާސް އަހަރުތެރޭގަވެސް ނުކުރެވުނު ތަރަށްޤީއެއް އެންމެ ފަސް އަހަރުގެތެރޭ ގެނެސް ދެއްވެވީ ރައީސް ޔާމީނު