ރާއްޖެއިން މިއަދު 125 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 92،754 އަށް އަރާފައެވެ. އަދި އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް އެކްޓިވް ކޭސްތައް ނުވަތަ ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 1،867 ގައެވެ.
މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 23 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 102 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 07 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 93 މީހަކު ހިމެނެއެވެ.
އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 16 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 3،701 ސާމްޕަލް ނަގާފައިވާ ކަމަށެވެ.
ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 140 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 90،625 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 255 އަށް އަރާފައެވެ.
މީގެއިތުރުން، ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 396،106 މީހަކު ރާއްޖޭގައި ވެކްސިން ޖަހައިފިކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 365،177 މީހަކު މިހާތަނަށް ކޮވިޑް-19 ވެކްސިނުގެ ދެވަނަ ޑޯޒު ޖަހާފައިވެއެވެ. އަދި 18،124 މީހަކު މިހާތަނަށް ކޮވިޑް-19 ވެކްސިނުގެ ތިންވަނަ ޑޯޒު ނުވަތަ ބޫސްޓަރ ޑޯޒު ޖަހާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު