ޕައިލަޓޭޖް ފީތައް މިމަހުގެ 15 އިން ފެށިގެން ކުޑަކުރާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހާމަކޮށްފިއެވެ.
އެމްޕީއެލުން ފޯރުކޮށްދޭ މެރިން އަދި ޕައިލަޓޭޖްގެ ޚިދުމަތްތަކަށް ނަގަމުންދިޔަ ޕައިލަޓޭޖް ފީތަކަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އެމްޕީއެލްއިން ޕައިލަޓޭޖް ފީއަށް މި ބަދަލު ގެނައީ އަވައްޓެރި އެހެން ޤައުމުތަކުގެ ޕޯޓުތަކުން މިވަގުތު ނަގަމުންދާ ޕައިލަޓޭޖް އަގުތައް ރިވިއުކުރުމަށްފަހުގައިކަމަށެވެ. އަދި މިހާރު ގެނައި މިބަދަލުތަކަކީ ސަރަހައްދީ ޤައުމުތަކުގައި ނަގަމުންދާ ޕައިލަޓޭޖް ފީތަކާއި ވާދަވެރި އަޅާކިޔޭނެ އަގުތަކަކަށް ވެގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
"އިންޑިއާގެ ބައެއް ޕޯޓުތަކަށްވުރެ ވަރަށް ބޮޑުތަން ކުޑަކޮށް މިހާރު އަޅުގަނޑުމެންގެ ޓެރިފް އިންނާނީ." ޝާހިދު އަލީ ވިދާޅުވިއެވެ.
ޕައިލަޓޭޖް ފީ އަލުން އެމްޕީއެލްއިން ރިވިއު ކުރިއިރު ގެނައި ބަދަލާއެކު މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބޯޓު ފަހަރާއި ފަސިންޖަރ ލައިންތަކުގެ ޕައިލަޓޭޖް ފީތައް އެވްރެޖްކޮށް ވަނީ 50 އިންސައްތަ ކުޑަކޮށްފައެވެ. އަދި މީގެ އިތުރުން ވެރީ ލާޖް ކްރޫޑް ކެރިއަރ ތަކަށް ޕައިލަޓޭޖް ފީތައް %20 އާއި ހަމައަށް ވަނީ ކުޑަކޮށްފައެވެ. މީގެއިތުރުން ޓަގު ކުއްޔަށް ދިނުމުގެ އަގުވެސް ވަނީ 30 އިންސައްތަ އާއި 50 އިންސައްތައާއި ދެމެދަށް ކުޑަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު