ރާއްޖެއާއި އިންޑިޔާގެ މައްސަލަ ހައްލު ނުކުރެވިގެން އުޅެނީ ބަޔެއްގެ އަމިއްލަ އެދުން ބޮޑުކަމުން ކަމަށް ކުރީގެ ރައީސް، ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު މިހެން ވިދާޅުވީ ރާއްޖޭގެ މީޑިޔާއަކުން މިއަދު މެންދުުރު ފަހު ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޑރ. މުހަންމަދު ވަހީދު ވިދާޅުވީ ރާއްޖެއަށް އިންޑިޔާގެ މައްސަލަ ހައްލު ނުކެރެވެނީ ބަޔެއްގެ އަމިއްލަ އެދުން ބޮޑުކަމުން ކަމަށެެވެ.
އެގޮތުން އަމިއްލަ އެދުން ބޮޑުވެ އެގްރިމެންޓްތަށް ހަދާއިރު އެކަން ކުރަންވީ ގޮތް ނޭގި ކުރާ ކަންތައްތަކުގެ ސަބަބުން ފަހުން ބޮޑެތި މައްސަލަ ނިކުންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ރައީސް ކަމުގައި ހުންނެވިއިރު ރާއްޖެއާއެކު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި އެގައުމުގެ އެހީތެރިކަން ވެސް ލިބުނު ކަމަށެވެ. އެހެން ނަމަވެސް އެއާޕޯޓް ހިންގުމަށް އިންޑިޔާގެ ޖީއެމްއާރާއި ދިވެހި ސަރުކާރުން ވެފައިވާ އެގްރިމެންޓް ބާތިލް ކުރިތާ މާގިނަ ދުވަހެެއް ނުވެ އިންޑިޔާގެ ގެރެންޓީ އާއެކު ނަގާފައި އޮތް 100 މިލިއަން ޑޮލަރު ދެ ފަހަރެެއްގެ މަތިން އަނބުރާ ދައްކަންޖެހުނު ކަމަށެވެ. އެދުވަސް ވަރަކީ ޑޮލަރުގެ ދަތިކަން ރާއްޖެއަށް ވަރަށް ބޮޑު ދުވަސްވަރެއް ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
"އެމްއޭސީއެލުން އެއާޕޯޓް ޖީއެމްއާރާއި ހަވާލުކުރުމުން އެމްއޭސީއެލްގައި ނުހުރޭ ފައިސާއެެއް، ނެތީމަ ވަރަށް ބޮޑަށް ފޮރިން އެކްސްޗޭންޖް ދަތިވެގެން ދިޔައީ އެދުވަސް ވަރު. ދަތިވެގެން ގޮސް ކިޔަވަން ތިބޭ ކުދިންނަށް 150 ޑޮލަރު ދިނުން ވެސް އެއީ ބޮޑު ދަތިތަކަމަކަށް ވެފައި އޮތީ، އަނެއްކާ ކަން ނިމިގެންދިޔަ ގޮތުން އަޅުގަނޑުމެންނަށް ފަހުން އައިސް ކޮންމެ އަހަރަކު ޖީއެމްއާރަށް ހަތް މިލިއަން ޑޮލަރު ދައްކަންޖެހޭގޮތަށް އޮތީ ސަރުކާރުގެ ބޮޑު އެސެޓެއް ބަޔަކާއި ހަވާލުކޮށްގެން އެހާ ބޮޑު އެއްޗެއް ސަރުކާރުން ދޭންޖެހުން އަޅުގަނޑުމެންނަށް ވީ ވަރަށް ބޮޑަށް ބުރައަކަށް." 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް މުހަންމަދު ނަޝީދު އިސްތިއުފާ ދެެއްވުމުން ވެެރިކަމާއި ހަވާލުވެވަޑައިގެންނެވި އެމަނިކުފާނުގެ ނާއިބް ޑރ. ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޑރ. ވަހީދު ވިދާޅުވީ ރާއްޖޭގައި ބޭރު ގައުމުގެ ސިފައިން ތިބުމަކީ ދިވެހި ރައްޔިތުން ބޭނުންވާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފައިބަންޖެހޭ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. ރައީސް ވަހީދު ވިދާޅުވީ އިންޑިޔާ އައުޓަކީ އެގައުމާއި ދިމާލަށް ކިޔާ އެއްޗެއް ނޫން ކަމަށާއި، އެއީ ދިވެހި ސަރުކާރަށް ދިމާލަށް ކިޔާ އެެއްޗެއް ކަމަށެވެ.
"އޭގެ ސަބަބުން ރާއްޖެއާއި އިންޑިޔާއާއި ގޮތް ގުޅުން ހީނަރުވާންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ، ވިޔަފާރި އާއި ސަގާފީ ގޮތުން މިލިޓަރީ އެކުވެރިކަމުގެ ތެރެއިން ވެސް ކުރިންވެސް ވަރަށް ވަރުގަދަކޮށް އޮތީ، އެކަންކަން ކުރިއަށްދާނެ. ރައްޔިތުން މިހާރު ކަންބޮޑުވޭ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގައުމުތައް މާ ބޮޑަށް ވަންނަމުންދާކަން ވިސްނިގެން އެއީ ސަމާލުވާންޖެހޭ ކަމެއް ސަރުކާރުން." ރައީސް ވަހީދު ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު