ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް (ކ)
ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް (ކ)
ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ކަންނެލި ދޯނިތަކަށް ވަޑައިގެންފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ)ގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަންނެލި މަސްވެރިން ގުޅީފަޅަށް ޖަމާވެފައިވަނިކޮށް ރައީސް ޞާލިޙް ވަނީ އެ ދޯނިތަކަށް ވަޑައިގެން ކަންނެލި މަސްވެރިންގެ އިހްސާސްތައް އަޑު އައްސަވާފައެވެ.

ބޮޑުކަންނެލި މަސްވެރިން ވަނީ ސަރުކާރަށް މައިގަނޑު 4 ކަމެއް ހުށައަޅާފައެވެ. އެއީ މިފްކޯއަށް ބޮޑު ކަންނެލި ކިރުމާއި މަސް ވިއްކޭނެ އިތުރު ގައުމުތަކަށް މާރކެޓް ފުޅާކުރުމާއި ބާނާ މަސް ތާޒާކަންމަތީ ދަމަހައްޓާ ކޮލިޓީ ހިފެއްޓުމަށް ބޭނުންވާ އައިސް ލިބޭނެ އިތުރު 18 އައިސް ޕްލާންޓް ގާއިމް ކުރުމާއި މާލޭ ސަރަހައްދުގައި ބަނދަރު ކުރެވޭނެ އިންތިޒާމް އެޗްޑީސީ އާއި ގުޅިގެން ރޭވުމެވެ.

ހަމައެއާއެކު ރައީސް ޞާލިޙް ވަނީ ބޮޑުކަންނެލި މަސްވެރިންނާ މުޚާތަބު ކުރަށްވައި މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ޙައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ހަމަ އެއާއެކު މަސްވެރިންގެ ދުވަހުގެ ތަހުނިޔާވެސް އެމަނިކުފާނުވަނީ އެންމެހާ މަސްވެރިންނަށް ދަންނަވާފައެވެ.



ރައީސް ޞާލިޙް މިއަދު ކަންނެލި މަސްވެރިންނާ ބައްދަލު ކުރަށްވާފައިވާއިރު މިއަދު ފާހަގަ ކުރަމުންދާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު 4 ޖަހާއިރު ކަންނެލި މަސްވެރިންގެ އަޑު އިއްވުމަށް އިހްތިޖާޖެއް ކުރިއަށް ގެންދަން ކަންނެލި މަސްވެރިން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން