ރާއްޖޭގެ ކަނޑު ސަރަހައްދު އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުށްވެރިން ރުހޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކ. ގާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ ރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދުގައި ޑްރަގްގެ ނެޓް ވޯކްތައް އަބަދާއި އަބަދު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ޓެރަރިޒަމާއި އެހެނިހެން ވަގު ވިޔަފާރިތަކާއި ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތް ކުރާ ފަރާތްތައް އިންޑިޔާގެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އަވައްޓެރި ގައުމުތަކާއި ގުޅުން ބަދަހިކުރުމަކީ އެފަރާތްތައް ރުހޭނެ ކަމެއް ނޫން ކަމަށެވެ.
"ދިވެހިރާއްޖޭގެ ސަރަހައްދު އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުށްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫން. ދިވެހި ދައުލަތުގެ ދަށުގައިވާ އެއްގަމާއި ކަނޑާއި ވައިގެ ސަރަހައްދު މިދެންނެވި ބޭނުންތަކަށް ދުލެއް ނުކުރެވޭނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ ރާއްޖޭގެ މިިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަކީ މަސްދޯނިފަހަރަށްވުރެ ޑްރަގު ބޯޓް ފަހަރު ގިނަވާން ދޫކޮށްލުން ނޫން ކަމަށެވެ.
"އެކަމެއް އަޅުގަނޑުމެން ނުކުރާނަން، ކުރިއަކަ ނުވެސް ދޭނަން." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިމޭރުމުން ވާހަކަފުޅު ދައްކާވާފައިމިވަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ސިލްސިލާ ހަރަކާތްތަކެއް ފަށާފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު