ރައްޔިތުންގެ ލޯ ލާރިއަކަށްވެސް އެމަނިކުފާނު ހިޔާނާތްތެރިވެވަޑައިނުގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މަސް ގަތުމަށް ފަހު ދޭންޖެހޭ ފައިސާ ދެވޭނެ އިންތިޒާމު ނިޒާމީ ގޮތެއްގައި ހަމަޖެއްސުން ކަމަށެވެ. އަދި ގިނަވެގެން ހަފްތާއެއްގެ ތެރޭގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ ހަލާސްކުރުމަކީ އަމާޒެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެެވެ. އަދި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ އެ ފައިސާ އެހެން އެކައުންޓަކަށް ޖަމާކޮށް އޭގެން ފައިދާ ނުހޯދުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ ލޯ ލާރިއަކަށް ވެސް އެމަނިކުފާނު ޚިޔާނަތްތެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.

"ރައްޔިތުންގެ ލޯ ލާރިއަކަށްވެސް އަޅުގަނޑު ހިޔާނާތްތެރިއެއް ނުވާނަން. ވެރިކަމުގެ މަސްއޫލިއްޔަތާއި ޒިންމާގެ ބޮޑުކަމާ މަތިވެރިކަން، ދައްޗާ ތުރާލާ އުނދަގުލުގެ ތެރޭގައިވެސް އަޅުގަނޑުގެ ހަނދާނުން ކެހިގެން ނުދާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިމޭރުމުން ވާހަކަފުޅު ދައްކާވާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އިން 37 މިލިއަން ރުފިޔާގައި އެމަނިކުފާނު ޖެހިވަޑައިގެންނެވި ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތުހުމަތު ކުރައްވާފައިވަނިކޮށް ދާދިފަހުން އެވާހަކަ ކުރީގެ ރައީސް، ރައީސް ޔާމީންވެސް ތަކުރާރުކުރަށްވާފައި ވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު