ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ނ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިރޭ 10:00 ޖެހުމާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އަދި ވައިޓް އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.



ރާއްޖޭގެ ބޮޑު ބަަޔަކަށް ވައިޓް އެލާޓް ނެރެފައިވާއިރު، މިއަދު މެންދުރުފަހުން މާލެއަށް ދަނީ ހުއްޓުމެއްނެތި ވާރޭވެހެމުންނެވެ. އަދި މާލޭގެ ބައެއް މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު