ރިޕޯޓްކުރަންޖެހޭ ބައްޔެއް ރިޕޯޓް ނުކޮށްފިނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާ އުސޫލެއް ބަޔާންކޮށް ބަލިތައް ރިޕޯޓްކުރުމާބެހޭ ޤަވާއިދު ގެޒެޓްކޮށްފިއެވެ.
ބަލިތައް ރިޕޯޓްކުރުމާބެހޭ ޤަވާއިދަކީ އާންމު ޞިއްޙަތު ރައްކައުތެރިކުރުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދެކެވެ.
މި ގަވާއިދުގެ މަގުސަދަކީ، އާންމު ޞިއްޙަތު ރައްކައުތެރިކުރުމުގެ ގޮތުން ރިޕޯޓުކުރަންޖެހޭ ބަލިތަކާއި، ރިޕޯޓުކުރާނެ ފަރާތްތަކާއި ގޮތްތަކާއި ވަގުތުތައް ބަޔާންކުރުމެވެ.
ޤަވާއިދު ބުނާގޮތުން މި ޤަވާއިދުގެ ދަށުން ރިޕޯޓު ކުރަން ޖެހޭ ކަމެއް ރިޕޯޓު ނުކޮށް ހުރުމަކީވެސް ކުށަކަށްވާއިރު އެކަމުގެ އަދަބަކީ 1000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. މީގެއިތުރުން މީހެއްގެ ގައިގައި ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބަޔާންކޮށް، އެއްވެސް ފަރާތަކުން އެނގި ހުރެ ދޮގު މަޢުލޫމާތު ރިޕޯޓު ކުރުމަކީވެސް ކުށެކެވެ. އަދި އެކުށުގެ އަދަބެއްގެ ގޮތުން 3000 ރުފިޔާއަށްވުރެ ބޮޑު ނުވާ މިންވަރަކަށް ޖޫރިމަނާ ކުރެވޭނެވެ.
މިޤަވާއިދުގެ ދަށުން އާންމު ޞިއްޙަތު ރައްކައުތެރިކުރުމަށާއި ނުރައްކާތެރި ބަލިތަކާއި، ގައިންގަޔަށް އަރާ ބަލިތަކާއި، އެހެނިހެން ބަލިތައް ރިޕޯޓުކޮށް މޮނިޓަރ ކުރުމުގެ ގޮތުން، އެފަދަ ބަލިތަކުގެ މާނައާއި ބާވަތާއި އަލާމާތްތަކާއި، ބައްޔާ ގުޅޭ އެންމެހައި މަޢުލޫމާތު ހިމެނޭ ކޭސް ޑެފިނިޝަން ބުކްލެޓެއް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އެކުލަވައިލައި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އާންމުކޮށް ޝާއިޢު ކުރަންވާނެއެވެ.
ގަވާއިދުގެ ދަށުން ރިޕޯޓުކުރަންޖެހޭ ބަލިތައް ރިޕޯޓުކުރުމާ ގުޅޭ ހޮޓްލައިން ނަންބަރެއް ނުވަތަ އޮންލައިން ޕޯޓަލެއް ފަދަ ނިޒާމެއް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ ވިހި ދުވަހުގެ ތެރޭގައި ޤާއިމުކޮށްފައި، އެޖެންސީން އެކަން އާންމު ކުރަންވާނެ ކަމަށްވެސް ގަވާއިދުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު