ބައެއްގެ ފަރާތުން އެހީ ހޯދުމާއި، ބައެއްގެ އުނގަށް ވެއްޓުން އެއީ ދެކަމެއްކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޙް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އަލީ ޒައިދު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކުގެ ސަބަބުން އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ވެއްޓިދާނެކަމުގެ ބިރު އެބައޮތްކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ޕްރޮޖެކްޓްތައް ހިންގަނީކަމަށް ބުނެ އިންޑިއާގެ މިލިޓަރީ ރާއްޖޭގައި ގިނަކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ޝައިހް ޒައިދު ވިދާޅުވީ ބައެއްގެ އެހީތެރިކަން ހޯދުމާއި ބައެއްގެ އުނގަށް ވެއްޓުމާ މީ ވަރަށް ތަފާތު ކަންތައްތައް ކަމަށެވެ. އަދި ދެރައީ މިދެ ކަންތައް އޮޅުވާލެވޭތީކަމަށްވެސް ޒައިދު ވިދާޅުވިއެވެ.
ޒައިދަކީ މި ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅެއްނަމަވެސް އޭނާއަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ފާޅުގައި ދެކޮޅު ހައްދަވާ ބޭފުޅެކެވެ. އެގޮތުން ބޭރު ޤައުމުތަކުގެ މިލިޓްރީ ސިފައިން ރާއްޖޭގައި ތިބުމަކީ އެއްވެސް އިރަކު ތާއީދުކުރިކަމެއް ނޫންކަމަށާއި އަދި މިކަން ޖަސްޓިފައިކުރުމަށް (އެއީ ރަނގަޅުކަމެއްކަން ދެއްކުމަށް) ދައްކާ ވާހަކަތައް ދެކޮޅު ޖެހޭތަނެއް ނުފެންނަކަމަށްވެސް ޒައިދު ވަނީ ވިދާޅުވެފައެވެ.
"މިކަން (އިންޑިއާ ސިފައިން ރައްޖޭގައި ތިބުން) ރާއްޖެއަށް ރައްކަލަކަށް ވާގޮތެއްވެސް ނުވިސްނޭ! ދުނިޔޭގެ ޤައުމުތަކުން ބޭރުސިފައިން ފަހުންއޮންނަނީ ނުބޭލިފައި." ޒައިދު ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދިޔަނަމަވެސް، ސަރުކާރުން ބުނަމުންދަނީ ރާއްޖެއާއި އިންޑިއާގެ ގުޅުމުން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށެވެ. ނަމަވެސް ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް އަންނަނީ ދެކޮޅު ހަދަމުންނެވެ.

ބައެއްގެ އެހީތެރިކަން ހޯދުމާ، ބައެއްގެ އުނގަށް ވެއްޓުމާ މީ ވަރަށް ތަފާތު ދެކަމެއް! ދެރައީ މިދެކަން އޮޅުވާލެވޭތީ!
— Ali Zaid (@alizaid1000) December 11, 2021
ޒައިދަކީ މި ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅެއްނަމަވެސް އޭނާއަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ފާޅުގައި ދެކޮޅު ހައްދަވާ ބޭފުޅެކެވެ. އެގޮތުން ބޭރު ޤައުމުތަކުގެ މިލިޓްރީ ސިފައިން ރާއްޖޭގައި ތިބުމަކީ އެއްވެސް އިރަކު ތާއީދުކުރިކަމެއް ނޫންކަމަށާއި އަދި މިކަން ޖަސްޓިފައިކުރުމަށް (އެއީ ރަނގަޅުކަމެއްކަން ދެއްކުމަށް) ދައްކާ ވާހަކަތައް ދެކޮޅު ޖެހޭތަނެއް ނުފެންނަކަމަށްވެސް ޒައިދު ވަނީ ވިދާޅުވެފައެވެ.
"މިކަން (އިންޑިއާ ސިފައިން ރައްޖޭގައި ތިބުން) ރާއްޖެއަށް ރައްކަލަކަށް ވާގޮތެއްވެސް ނުވިސްނޭ! ދުނިޔޭގެ ޤައުމުތަކުން ބޭރުސިފައިން ފަހުންއޮންނަނީ ނުބޭލިފައި." ޒައިދު ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދިޔަނަމަވެސް، ސަރުކާރުން ބުނަމުންދަނީ ރާއްޖެއާއި އިންޑިއާގެ ގުޅުމުން ދިވެހިރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށެވެ. ނަމަވެސް ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް އަންނަނީ ދެކޮޅު ހަދަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު