ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކިއުބާއިން ޑޮކްޓަރުން ހޯދުމަށް އެޤައުމުގެ ސަރުކާރާއެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ކިއުބާގެ ވެރިރަށް، ހަވާނާގައި މިދިޔަ މަހު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރާއި ކިއުބާގެ ޕަބްލިކް ހެލްތު މިނިސްޓަރ ޑރ. ޖޯސް އެންޖަލް ޕޯޓަލް މިރަންޑާއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން، ރާއްޖެއަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ސްޕެޝަލިސްޓު ޑޮކްޓަރުން ކިއުބާއިން ފޮނުވާނެކަމަށެވެ.
ކިއުބާއިން ރާއްޖެއަށް ޑޮކްޓަރުން ގެންނަން ނިންމާފައިވާއިރު ކިއުބާއިން ޑޮކްޓަރުން ގެންނަން ނިންމާފައިވާކަން މީގެކުރިންވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިގޮތުން އެ ގައުމުގެ ޑޮކްޓަރުންނަކީ ޕަބްލިކް ހެލްތަށް މޮޅު ބަޔަކަށްވުމުން، އެ މަސައްކަތް ކުރިއަށްގެންދަން ވެސް ފަސޭހަވާނެކަމަށް ހެލްތު މިނިސްޓަރ ނަސީމް މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ޞިއްޙީ ދާއިރާގެ ތެރެއިން ކުރުމަށް ނިންމާފައިވާ ޚަރަދުގެ ތެރޭގައި މުވައްޒަފުންނަށް ހިނގާ ޚަރަދުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ، މެޑިކަލް ސަޕްލައިޒް އަދި ކޮންސިއުމަބަލްސްއަށް 1.1 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ކޯވިޑާގުޅިގެން ކުރާ އެކި އެކި ރިކަރަންޓް ޚަރަދުތަކަށް 323 މިލިއަން ރުފިޔާ، ރަށްރަށުގެ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރުތައް އެޅުމަށާއި ޖާގަ އިތުރުކުރުމަށް 448 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ކެންސަރުގެ ފަރުވާއަށް ޚާއްސަކޮށް ލ. ގަމުގައި ތަރައްގީކުރާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތަކީވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މުހިއްމު މަޝްރޫޢެކެވެ. މި ހޮސްޕިޓަލް އެޅުމަށް 53 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. މީގެއިތުރުން، ޕްރައިމަރީ ހެލްތު ކެއަރ ނިޒާމު ފުޅާކުރުމާއި، އަތޮޅު ތެރޭގައި ރީޖަނަލް މެންޓަލް ހެލްތް ޕްރޮގްރާމްތައް ފެށުމާއި، އެމަޖެންސީ މެޑިކަލް ސާރވިސް ގެ ޚިދުމަތް ހަރުދަނާކުރުމަށްވެސް ވަނީ ރާވާފައެވެ.
2022 ވަނަ އަހަރު ޞިއްޙީ ދާއިރާގެ އައު ގިނަ މުވައްޒަފުންތަކަކަށް ޖާގަ ދީފައިވާއިރު އޭގެތެރޭގައި 160 ޑޮކްޓަރުންނާއި 200 އަށްވުރެ ގިނަ ނަރުހުން ހިމެނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

@mohmv and @minsapcuba sign cooperative agreement to work together to ensure comprehensive healthcare in the Maldives by strengthening our primary healthcare systems, recruiting healthcare professionals from cuba as per Maldives needs and implementing NCDs and CDs programs. pic.twitter.com/F7wQCUOxsg
— Ministry of Health (@MoHmv) December 11, 2021
ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ޞިއްޙީ ދާއިރާގެ ތެރެއިން ކުރުމަށް ނިންމާފައިވާ ޚަރަދުގެ ތެރޭގައި މުވައްޒަފުންނަށް ހިނގާ ޚަރަދުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ، މެޑިކަލް ސަޕްލައިޒް އަދި ކޮންސިއުމަބަލްސްއަށް 1.1 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ކޯވިޑާގުޅިގެން ކުރާ އެކި އެކި ރިކަރަންޓް ޚަރަދުތަކަށް 323 މިލިއަން ރުފިޔާ، ރަށްރަށުގެ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރުތައް އެޅުމަށާއި ޖާގަ އިތުރުކުރުމަށް 448 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ކެންސަރުގެ ފަރުވާއަށް ޚާއްސަކޮށް ލ. ގަމުގައި ތަރައްގީކުރާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތަކީވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މުހިއްމު މަޝްރޫޢެކެވެ. މި ހޮސްޕިޓަލް އެޅުމަށް 53 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. މީގެއިތުރުން، ޕްރައިމަރީ ހެލްތު ކެއަރ ނިޒާމު ފުޅާކުރުމާއި، އަތޮޅު ތެރޭގައި ރީޖަނަލް މެންޓަލް ހެލްތް ޕްރޮގްރާމްތައް ފެށުމާއި، އެމަޖެންސީ މެޑިކަލް ސާރވިސް ގެ ޚިދުމަތް ހަރުދަނާކުރުމަށްވެސް ވަނީ ރާވާފައެވެ.
2022 ވަނަ އަހަރު ޞިއްޙީ ދާއިރާގެ އައު ގިނަ މުވައްޒަފުންތަކަކަށް ޖާގަ ދީފައިވާއިރު އޭގެތެރޭގައި 160 ޑޮކްޓަރުންނާއި 200 އަށްވުރެ ގިނަ ނަރުހުން ހިމެނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު