ފެލިވަރުގެ ސްޓްރޯޖް 2000 އަށް އިތުރުކޮށް ރަނގަޅު ޒަމާނީ ފެކްޓްރީ އަކަށް ހަދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑީޔާއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަަކަދައްކަވަމުންނެެވެ. މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރާއްޖެ އަކީ ރޯ މެޓީރިއަލް އެކްސްޕޯޓް ކުރާ ގައުމެއްގެ ގޮތުގައި އެކަނި އޮވެގެން ރާއްޖޭގެ މަސްވެރިކަމުން ލިބެންޖެހޭނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ފައިދާއެއް މަސްވެރިކަމުން ނުލިބޭނެ ކަމަށެވެ. އެހެންކަމުން މަސްވެރިކަމުގެ އިންފުރާސްޓަކްޗަރ އަޕްގްރޭޑްކޮށް ރަނގަޅު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ފެލިވަރުގައި ބާވެ ބާ ދަނގަޑަށްވެފައިވާ ކާރުޚާނާގައި މިހާރު 50 ޓަނުގެ އައިސްޕުލާންޓެއް ގާއިމްކޮށްފައިވާއިރު، އެތަނުގައި ހުރި 700 ކޯ ސްޓޯރޭޖް 2000 ސްޓޯރޭޖަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަން އޮތީ ބިޑިން ޕްރޮސެސްގައި ކަމަށް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފެލިވަރުގައި މަސް ގަނޑު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެެ. އެތަނުގައިި މަސް ފިނިކުރަންޖެހެނީ ކަނޑުގައި އޮތް ބޯޓަކަށް އަރައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ. އެހެންކަމުން ފެލިވަރުގެ ކެޕޭސިޓީ 2000 ސްޓޯރޭޖަށް އިތުރުކޮށް ބަނދަރު ރަނގަޅު ކުރެވުމުން އެތަން ރަނގަޅު ޒަމާނީ ފެކްޓްރީ އަކަށް ވާނެ ކަމަށް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވިއެވެ.
އިތުރަށް ވާހަަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޫއްޑޫގައި މަސްވެރިކަމުގެ އެކި ވަސީލަތްތަށް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަަށެވެ. ކޫއްޑޫގައި މިހާރު ހުރީ 2000 ޓަނުގެ ސްޓޯރޭޖެއް ކަމަށާއި، 2000 ޓަނުގެ ސްޓޯރޭޖް ހަމަވުމުން މިހާރު ވަގުތުން ބޯޓެއް ގެނެސް ތައިލެންޑަށް ބޭރުކުރަނީ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.
"އެހެން ނޫނީ މަސް އަޅާނެ ތަނެއް ނުހުރޭ. އެކަމު މިހާރު ސައޫދީ ފަންޑުގެ އެހީގައި އަޅުގަނޑުމެންނަށް ލިބޭ ފައިސާއިން އަޅުގަނޑުމެން ކޫއްޑޫއަށް މިދަނީ ގާތްގަނޑަކަށް 50 މިލިއަނަށް ވުރެ ގިނައިން ޚަރަދުކުރުމަށް ތައްޔާރުވަމުން. އެތަނުގެ ބަނދަރު އަޕްގްރޭޑް އެބަކުރެވޭ. ބޮޑެތި ދޯނި ފަހަރު އެބަ ވަންނަންޖެހޭ އެތަނަށް، އެތަނުގައި ކޯ ސްޓޯރޭޖް އިތުރު ހަތަރު ހާސް ޓަނު އެބަ ގާއިމްކުރަން، ކުރެވުނީމަ އެތަނުގެ ކެޕޭސިޓީ 6000 އަށް ވާނެ. އެތަނުގައި މަސް ބެހެއްޓޭ ގޮތް ބަދަލުވެގެންދާނެ." މިނިސްޓަރު ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު