ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށާއި، އެހެންކަމުން އަވަސް އިންތިޚާބެއް ބާއްވަން އިދިކޮޅު ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ގޮވާލައްވައިފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، މި ދިޔަ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓާއެކު ސަރުކާރުގެ ގާނޫނީ ހަސިއްޔަތު ގެއްލިފައިވާ ކަމަށެވެ. އެހެން ކަމުން ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އަވަސް އިންތިޚާބަކަށް ދާންޖެހޭ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.
"އެއީ މިހާރު މިއޮތް ސަރުކާރަކީ ނުވަތަ މިހާރު އައިސްފައި މި އޮތް ވެރިކަމަކީ އިންސާފުގެ ތެރެއިން އައިސްފައި އޮތް ވެރިކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ މި ރިޕޯޓަށް ބަލާއިރު. އެހެންވީމަ މިހާރުން މިހާރަށް ކުރަންޖެހޭ ކަމަކީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން މިކަމާބެހޭ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތަށް އަޅުއްވައި މިމައްސަލަ ރަނގަޅަށް ތަހުގީގް ކުރައްވައި ބައްލަވަންޖެހޭ ވަރަށް ބެެއްލެވުމަށްފަހު މިހާރުން މިހާރަށް ރާއްޖޭގައި މިނިވަން އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމަށް." އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަބުދުއްރަހީމް ވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކުރީގެ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ހައްޔަރުކޮށް މައްސަލަ ތަހުގީގް ކުރުމަށް ގޮވާލައްވާފައެވެ.
"ރިޔާސީ އިންތިޚާބު ނަތީޖާ އޮޅުވާލުމަށް މި ސަރުކާރަށް އެހީތެރިވި އެންމެ އިސް ފަރާތަކީ އީސީ ޝަރީފް. އަޅުގަނޑު ގޮވާލަން ޝަރީފް ހުރި ތަނަކުން ހޯދާ ހިފާ ހައްޔަރުކުރަން. އެހެން ގޮވާލަން މިޖެހުނީ ރިޔާސީ އިންތިޚާބެއް ވަގަށް ނަގަން އެންމެ ބޮޑަށް އޭނާ އެހީތެރިވެ ދީފައި އޮތް ކަމަށް މި ރިޕޯޓުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭތީ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މިހާ ދުވަސް ވަންދެން ފުލުހުން ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ފުލުހުން ތައްޔާރުކުރި ރިޕޯޓް އާންމުނުކޮށް އޮތުމަކީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމުގައި ފުލުހުން ބައިވެރިވެފައިވާކަން އެނގޭ ކަމެއް ކަމަށެވެ. އަދުރޭ ވަނީސްޕްރީމް ކޯޓުގެ އަމިއްލަ އިސް ނެގުމަށް ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލި މައްސަލަ ބަލަން ގޮވާލައްވާފައެވެ.
އަދުރޭ މިހެން ވިދާޅުވެފައިވާއިރު މިދިޔަ ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ތަހުޤީޤުގެ މައްޗަށް އެކުލަވައިލާފައިވާކަމަށް ބުނާ ރިޕޯޓެއް ބައެއް މީޑިއާތަކުން ވަނީ ލީކުކޮށްލާފަައެވެެ. ރިޕޯޓްގައިވާ ގޮތުން ވޯޓު ފޮށި ކައިރީގައި ތިބި އޮބްޒާވަރުންނަށް އިލެކްޝަނުގެ އޮފިސަރުން ބިރުދައްކައި އިންޒާރުދިން ކަމަށް ބުނެފައިވެއެވެ. އަދި ބައެއް ވޯޓު ފޮށިތަކަށް ވޯޓު ލާފައިވާ މީހުންގެ އަދަދުގެ އިތުރަށް ވޯޓު ފޮށީގައި ވޯޓު ކަރުދާސް އިތުރުވެފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ކައުންޓާ ފޮއިލް ދިމާނުވަނީސް ވަގުތީ ނަތީޖާ އިއުލާންކުރުމާއި ވޯޓު ފޮށީގެ ވެރިޔާގެ އެހީތެރިކަމާއެކު އެކަކު ދެފަހަރު ވޯޓުލީ މައްސަލައެއްވެސް ވަނީ ފާހަގަކޮށްފައެވެ. ފުލުހުންގެ ރިޕޯޓެއް ކަމަށް ބުނާ އެރިޕޯޓުގައި 54 ނުކުތާ އެއްވަނީ ފާހަގަކޮށްފައެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ އެހެންކަންކަމުގެ ތެރޭގައި ވޯޓު ފޮށިތަކުގެ ވެރިންނަށް ތިބި ބައެއް މީހުން މަސްތުގެ ހާލަތުގައި ތިބުމާއި، އެކަން ފުލުހުން އިލެކްޝަންސް ކޮމިޝަނާ ހިއްސާކުރި ނަމަވެސް އެކަމުގައި ކޮމިޝަނުން އެއްވެސް ކަމެއް ނުކުރި ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން ވޯޓް ކަރުދާން ބާތިލްކުރުމުގައި އެކި ފަހަރު އެކި ގޮތަށް އަމަލުކުރުމާއި ބައެއް ވޯޓު ކަރުދާސްތަކަށް ޔޫވީ ލައިޓު އެޅުވުމުން އެއިން ސެކިއުރިޓީ ފީޗާ އެއްގޮތަށް ނުފެނުންވެސް ހިމެނެއެވެ.
މީގެއިތުރުންވެސް ލީކުކޮށްލާފައިވާކަމަށް ބުނާ ރިޕޯޓްގައި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުންވެސް އަދި ފުލުހުންވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ތަހުޤީޤުގެ މައްޗަށް އެކުލަވައިލާފައިވާކަމަށް ބުނާ ރިޕޯޓެއް ލީކުކޮށްލާފައިވާއިރު، ރިޔާސީ އިންތިހާބުން 2018 ވަނަ އަހަރު ބަލިވި ޕީޕީއެމުން ވަނީ އިންތިހާބުގައި މަކަރު ހަދާފައިވާކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ. ނަމަވެސް އެމައްސަލަ ކާމިޔާބެއްނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު