މާލޭގައި އިއްޔެއާއި މިއަދު ފެންބޮޑުވީ އާދަޔާ ހިލާފަށް ވާރޭ ވެހުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާލޭގައި ފެންބޮޑުވުމާއި ގުޅިގެން ރައީސް ނަޝީދު ވާހަކަފުޅުދައްކަވާފައި މިވަނީ، ފެންބޮޑުވުމުގެ މައްސަލައިގައި ސަރުކާރާއި ސިޓީ ކައުންސިލާއި ދެމެދު އަރައިރުމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މާލޭއަށް އިއްޔެވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވިއިރު، ރައީސް ނަޝީދު ވިދާޅުވީ މިދިޔަ 10 އަހަރު ތެރޭގައި 3 ވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ އިއްޔެކަމަށެވެ. އެގޮތުން އިއްޔެ މާލެއަށް 134.7 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާރު މި ފެންނަ ކަންކަމަކީ ކުރިއަށް އޮތްތަނުގައި މޫސުން އޮންނާނެގޮތް ތަސައްވުރުކޮށްދޭ ކަންކަންކަމަށެވެ.
މާލޭގައި ފެންބޮޑުވި މައްސަލައިގައި ސިޓީ ކައުންސިލާއި އެމްޑަބްލިޔުއެސްސީން އަރައިރުމެއް ވެފައިވާއިރު، ސިޓީ ކައުންސިލުން ބުނީ އެކަން އެހެން ދިމާވީ މާލޭގައި ހުރި ފެން ހިންދާ ނިޒާމް އެމްޑަބްލިޔުއެސްސީން ނުބަލަހައްޓާތީކަމަށެވެ. ނަމަވެސް އެމްޑަބްލިޔުއެސްސީން ބުނީ ފެން ހިންދުމަށް މާލޭގައި ބަހައްޓާފައިވާ ޕަމްޕު ސްޓޭޝަންތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ ޕަމްޕުތައް ރަނގަޅަށް މަސައްކަތްކުރާ ކަމަށެވެ.

Male’ area witnessed 134.7mm of rain during the past 24 hours — the 3rd wettest day this decade. The wettest day on record was in 1977 when 175.9mm fell during a 24hr period. What we are experiencing now is possibly a foretaste of the weather to come in our changing climate.
— Mohamed Nasheed (@MohamedNasheed) December 12, 2021
ރައީސް ނަޝީދު ވިދާޅުވީ މިހާރު މި ފެންނަ ކަންކަމަކީ ކުރިއަށް އޮތްތަނުގައި މޫސުން އޮންނާނެގޮތް ތަސައްވުރުކޮށްދޭ ކަންކަންކަމަށެވެ.
މާލޭގައި ފެންބޮޑުވި މައްސަލައިގައި ސިޓީ ކައުންސިލާއި އެމްޑަބްލިޔުއެސްސީން އަރައިރުމެއް ވެފައިވާއިރު، ސިޓީ ކައުންސިލުން ބުނީ އެކަން އެހެން ދިމާވީ މާލޭގައި ހުރި ފެން ހިންދާ ނިޒާމް އެމްޑަބްލިޔުއެސްސީން ނުބަލަހައްޓާތީކަމަށެވެ. ނަމަވެސް އެމްޑަބްލިޔުއެސްސީން ބުނީ ފެން ހިންދުމަށް މާލޭގައި ބަހައްޓާފައިވާ ޕަމްޕު ސްޓޭޝަންތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ ޕަމްޕުތައް ރަނގަޅަށް މަސައްކަތްކުރާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު