2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކާއި އެމައްސަލަތަކުގެ ތަހުގީގު ނިމިފައިވާގޮތުގެ ރިޕޯޓެއްކަމަށް ބުނެ ސައްހަ ނޫން ލިޔުމެއް އާއްމުކުރި މައްސަލަ ފުލުހުން ތަހުޤީޤްކުރަން ފަށައިފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގީ ރިޕޯޓެއްކަމަށް ބައެއް ފަރާތްތަކުން އާންމުކޮށްފައިވާ ލިޔުމަކީ އެ ހިދުމަތުގެ ލިޔުމެއްކަމަށް ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިޔުމެއް ކަމުގައެވެ. އެގޮތުން ލިޔުމުގައި ބޭނުންކޮށްފައިވާ ފޯމެޓާއި ބޭނުންކޮށްފައިވާ ސްޓޭމްޕުގައި ފުށުއެރުންތަކެއް ހުރުމާއި ސްޓޭމްޕުގައި ފުލުހުންގެ މުއައްސަސާގެ ނަންކަމަށް ބަޔާންކޮށްފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" މި ނަމަކީ ގާނޫނު ނަންބަރު 34/2000 ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ފުލުހުން ބޭނުންކުރަމުން އަންނަ ނަމެއްކަމަށްވެސް ބުނެފައިވެއެވެ.
އަދި ކުރީގެ ސްޓޭމްޕުގައި ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ މޯލްޑިވްސް ޕޮލިސް ސަރވިސް"ކަމާއި އެހެންކަމުން، މިއީ ރައްޔިތުންގެ ހިތުގައި ދިވެހި ފުލުހުންގެ ހިދުމަތަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ބޭނުމުގައި ހަދާފައިވާ ލިޔުމެއް ކަމުގައި އެ ހިދުމަތުން ދެކޭކަމަށްވެސް ބަޔާނުގައިވެއެވެ. އަދި އެލިޔުމަކީ ގަވާއިދާއި ހިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުމެއްކަމަށްވާތީ އެ މައްސަލަ އެ ހިދުމަތުން ތަހުގީގު ކުރާނެ ވާހަކަވެސް ފުލުހުން ބުނެފައި ވެއެވެ.
Press Statement: PMC/2021/12 - 2018 Inthikhaabuge thahugeegu report ehkamah bune aammu koffaivaa liyumaa gulhey https://t.co/XSsDyq0jm2 pic.twitter.com/iivRbHcjWp
— Maldives Police (@PoliceMv) December 12, 2021
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގީ ރިޕޯޓެއްކަމަށް ބައެއް ފަރާތްތަކުން އާންމުކޮށްފައިވާ ލިޔުމަކީ އެ ހިދުމަތުގެ ލިޔުމެއްކަމަށް ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިޔުމެއް ކަމުގައެވެ. އެގޮތުން ލިޔުމުގައި ބޭނުންކޮށްފައިވާ ފޯމެޓާއި ބޭނުންކޮށްފައިވާ ސްޓޭމްޕުގައި ފުށުއެރުންތަކެއް ހުރުމާއި ސްޓޭމްޕުގައި ފުލުހުންގެ މުއައްސަސާގެ ނަންކަމަށް ބަޔާންކޮށްފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" މި ނަމަކީ ގާނޫނު ނަންބަރު 34/2000 ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ފުލުހުން ބޭނުންކުރަމުން އަންނަ ނަމެއްކަމަށްވެސް ބުނެފައިވެއެވެ.
އަދި ކުރީގެ ސްޓޭމްޕުގައި ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ މޯލްޑިވްސް ޕޮލިސް ސަރވިސް"ކަމާއި އެހެންކަމުން، މިއީ ރައްޔިތުންގެ ހިތުގައި ދިވެހި ފުލުހުންގެ ހިދުމަތަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ބޭނުމުގައި ހަދާފައިވާ ލިޔުމެއް ކަމުގައި އެ ހިދުމަތުން ދެކޭކަމަށްވެސް ބަޔާނުގައިވެއެވެ. އަދި އެލިޔުމަކީ ގަވާއިދާއި ހިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުމެއްކަމަށްވާތީ އެ މައްސަލަ އެ ހިދުމަތުން ތަހުގީގު ކުރާނެ ވާހަކަވެސް ފުލުހުން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު