ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ހުރިހާ ދިވެހިން ދޫކޮށްލައިފިއެވެ.

މިމައްސަލައިގައި ހައްޔަރުކުރި 8 ދިވެހިން ދޫކޮށްލާފައިވާއިރު، މިހާރު ބަންދުގައި ތިބީ 2 ބިދޭސީން އެކަންޏެވެ.

އެންމެފަހުން ދޫކޮށްލީ ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ (19އ) އާއި، ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު (34އ) އާއި، ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން (61އ) އެވެ.

ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލީ ބަންދުގައި ބަހައްޓަން ޖެހޭވަރުގެ އެއްވެސް ހެއްކެއް ނެތުމުންނެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯގެ ޑްރަގްސް އަތުލައިގަތީ މިދިޔަ އޮކްޓޫބަރުމަހުގެ 13 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވާކަމަށެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓާކަމަށް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު