ސަރުކާރުގެ އިސް މަގާމްތަކެއް ކުރިން ފުރުއްވި އަދި އެމްޑީޕީގައި ކުރިން އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އަހުމަދު ޒަކީ (ނަޒާކީ ޒަކީ) ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.
ނަޒާކީ ޒަކީ ޕީޕީއެމްއަށް ސޮއިކުރަށްވާފައިވަނީ ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައެވެ. ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު އޭނާގެ ފޯމާއި ހަވާލުވެވަޑައިގަތީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނެވެ.
ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު ޒަކީ ވަނީ ޖަލްސާގައި ވާހަކަވެސް ދައްކަވާފައެވެ.
އެމްޑީޕީ އުފެއްދުމުގައި އަދި ރާއްޖޭގެ އިސްލާހީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ޒަކީ ވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމު އަދާކުރައްވާފައެވެ. އަދި މި ސަރުކާރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާމަންގެ މަގާމު ވެސް އޭނާ އަދާކުރެއްވިއެވެ. ނަމަވެސް އެމްޕީއެލްގެ ތެރޭގައި ހިނގި ހިޔާނާތަކާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރެއްވުމަށްފަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު