މިއަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ ނޮވެމްބަރުމަހާ އަޅާބަލާއިރު 94 އިންސައްތަ އިތުރުވެއްޖެއެވެ.
ރާއްޖޭގެ ކަސްޓަމްސް ޚިދުމަތުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް 4 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެ ކޮށްފައެވެ. މިއީ 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހު ދިވެހިރާއްޖެއަށް އެތެރެކުރި 2.1 ބިލިއަން ރުފިޔާގެ މުދަލާއި އަޅާބަލާއިރު 94 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރމަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރމަހު ދައުލަތަށް އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީވެސް ވަނީ 17 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް 276 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ ނޮވެމްބަރމަހު ލިބިފައިވަނީ 322 މިލިއަން ރުފިޔާއެވެ.
ރާއްޖެއަށް މުދާ އެތެރެކުރި ޤައުމުތަކުގެ ތަފްސީލަށް ބަލާލާއިރު، ޗައިނާއިން 603 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާނުން 529 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީއިން 463 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވާ 3 ޤައުމުގެ ތެރޭގައި ހިމެނެނީ ތައިލޭންޑް، ޖަރުމަނުވިލާތް، އަދި އިނގިރޭސިވިލާތެވެ. މިގައުމުތަކަށް އެކްސްޕޯޓްކުރި އަދަދަށް ބަލާއިރު އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވާ ތައިލޭންޑަށް ބޭރުކޮށްފައިވަނީ އެކްސްޕޯޓްގެ 38 އިންސައްތައެވެ. ޖަރުމަނުވިލާތަށް ރާއްޖޭގެ އެކްސްޕޯޓްގެ 14 އިންސައްތަ ހިއްސާކުރާއިރު އިނގިރޭސިވިލާތުން ހިއްސާ ކުރަނީ އެކްސްޕޯޓްގެ 12 އިންސައްތަ އެވެ.
މުދާ ޑިކްލެރޭޝަންގެ ތަފްސީލަށް ބަލާލާއިރު 2020 ވަނަ އަހަރުގެ ނޮވެމްބަރމަހު ޕްރޮސެސްކުރި ޑިކްރަލޭޝަންގެ އަދަދަކީ 12434 އެވެ. އަދި މިއަހަރުގެ ނޮވެމްބަރުމަހު މިއަދަދު އުޅެނީ 20524 ގައެވެ.

Monthly Statistics – November 2021
— Maldives Customs (@CustomsMv) December 12, 2021
👉Significant increase in Imports by 94% ⬆️when compared to the same period of last year.
👉Rise in Exports by 29% ⬆️when compared to the same period of last year.
👉Customs Revenue grew by 17% ⬆️
🔗https://t.co/jAEU9osvwm pic.twitter.com/CLrMwx4VZT
ރާއްޖެއަށް މުދާ އެތެރެކުރި ޤައުމުތަކުގެ ތަފްސީލަށް ބަލާލާއިރު، ޗައިނާއިން 603 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާނުން 529 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީއިން 463 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވާ 3 ޤައުމުގެ ތެރޭގައި ހިމެނެނީ ތައިލޭންޑް، ޖަރުމަނުވިލާތް، އަދި އިނގިރޭސިވިލާތެވެ. މިގައުމުތަކަށް އެކްސްޕޯޓްކުރި އަދަދަށް ބަލާއިރު އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވާ ތައިލޭންޑަށް ބޭރުކޮށްފައިވަނީ އެކްސްޕޯޓްގެ 38 އިންސައްތައެވެ. ޖަރުމަނުވިލާތަށް ރާއްޖޭގެ އެކްސްޕޯޓްގެ 14 އިންސައްތަ ހިއްސާކުރާއިރު އިނގިރޭސިވިލާތުން ހިއްސާ ކުރަނީ އެކްސްޕޯޓްގެ 12 އިންސައްތަ އެވެ.
މުދާ ޑިކްލެރޭޝަންގެ ތަފްސީލަށް ބަލާލާއިރު 2020 ވަނަ އަހަރުގެ ނޮވެމްބަރމަހު ޕްރޮސެސްކުރި ޑިކްރަލޭޝަންގެ އަދަދަކީ 12434 އެވެ. އަދި މިއަހަރުގެ ނޮވެމްބަރުމަހު މިއަދަދު އުޅެނީ 20524 ގައެވެ.
ކިޔުންތެރިންގެ ހިޔާލު