މިއަހަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,212,528 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 151 އިންސައްތަ އިތުރު އަދަދެއް ނަމަވެސް މިއީ ކޯވިޑްގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 1.58 މިލިއަން ފަތުރުވެރިންނާއި އަޅާބަލާއިރު 23.5 އިންސައްތަ ދަށް އަދަދެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައިމަހުން ފެށިގެން ކޮންމެ މަހަކުވެސް ރާއްޖެއަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4989 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. މިއީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު ޒިޔާރަތްކުރާ ފަތުރުވެރިންގެ 22.3 އިންސައްތައަކީ އިންޑިއާގެ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް އަންނަނީ 17.3 އިންސައްތަ ހިއްސާއަކާއެކު ރަޝިއާގެ ފަތުރުވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު