ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މިއަހަރު 4 ވަނަ ކުއާޓަރގައި އެހީ ފޯރުކޮށްދޭނެ 5 މަޝްރޫޢެއް ހޮވައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަކީ، އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.
ބީއެމްއެލުން ބުނީ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ހަތަރުވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ 5 ޕްރޮޖެކްޓް މިހާރު ހޮވާފައިވާކަމަށެވެ.
މި ގޮތުން ހޮވުނު ފަސް ޕްރޮޖެކްޓަކީ:-
- ނ. ހެނބަދޫ ގައި ބާބެކިއު ބާއްވާ ސަރަހައްދެއް ގާއިމުކުރުން - ހާމިދު ރަޝީދު
- ކ. މާފުށީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުން - ނިއު ސްޓާރ ސްޕޯރޓްސް ކުލަބު
- ފ. ފީއަލީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުން - ފަތުޙުﷲ ޝާޠިރު
- ތ. ބުރުނީގެ ރާގޮނޑި ބީޗް ތަރައްގީކުރުން - ބުރުނީ ޔޫތް ސްޕޯރޓްސް ކުލަބު
- ގދ. ތިނަދޫގައި އިސްރަށްވެހިންނަށް ޚާއްސަ ޕާކެއް ގާއިމުކުރުން - އަމީޒާ އަފީފު
ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ އެ ބޭންކުގެ އަމާޒަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާކުރާނެ މުހިއްމު ޕްރޮޖެކްޓްތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.
"މިފަހަރުވެސް ރަނގަޅު ޕްރޮޕޯސަލް ތަކެއް ކޮމިއުނިޓީ ފަންޑަށް ލިބުނުކަން އުފަލާއެކު ފާހަގަކޮށްލަން. މިއިން ދައްކުވައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު." ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ދަށުން މިހާތަނަށް މުޖުތަމައަށް ފައިދާކުރާ 60 ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބީއެމްއެލުން މައުލުމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު