ޝަރުޢީ ދާއިރާގެ ބައެއް ކޯޓުތައް ރިސެސްއަށް ދިޔަނަމަވެސް، ސިވިލް ކޯޓާއި ޑްރަގް ކޯޓު ރިސެސަށް ނުދާން ނިންމައިފިއެވެ.
ކޯޓުތައް އަހަރަކު ދެ ފަހަރު ރިސެސަށް ދިއުމަށް މިއަހަރުގެ ޖުޑީޝަރީގެ ކަލަންޑަރުގައި އޮތީ ހިމަނާފައެވެ. އެގޮތުން ސިވިލް ކޯޓު އޮތީ މި މަހުގެ ފުރަތަމަ 20 ދުވަހު ރިސެސަށް ދިއުމަށް ނިންމާފައެވެ. އަދި ޑްރަގް ކޯޓުވެސް އޮތީ ރިސެސަށް ދާ ގޮތަށެވެ.
ނަމަވެސް މި އަހަރުގެ ދެވަނަ ބުރުގައި ރިސެސަށް ނުދިއުމަށް ސިވިލް ކޯޓާއި ޑްރަގް ކޯޓުން މިހާރު ވަނީ ނިންމާފައިކަމަށެވެ.
ސިވިލް ކޯޓުން ރިސެސަށް ދާގޮތަށް އޮތް ނިންމުން ބަދަލުކޮށް، ރިސެސަށް ނުދިއުމަށް ނިންމީ އެ ކޯޓުގެ ގާޒީންގެ މަޖިލީހުންކަމަށް ބުނެފައި ވެއެވެ. އަދި އެ ނިންމުން ނިންމި މައިގަނޑު ސަބަބަކީ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ގިނަކަމުން، މައްސަލަތައް ނިންމުމަށް ވަގުތު ދިނުމަށް ކަމަށް ވެސް އެކޯޓުން ބުނެފައި ވެއެވެ.
ޑްރަގް ކޯޓުން ރިސެސަށް ނުދިއުމަށް ނިންމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް ދެމިއޮތުމުން ހަލުވިމިނެއްގައި މައްސަލަތައް ކުރިއަށް ގެންދިއުމަށް ދަތިތައް ކުރިމަތިވެފައި ވާތީއެެވެ. އަދި ރިސެސަށް ހިނގައްޖެނަމަ ޝަރީއަތްތައް އިތުރަށް ލަސްވެދާނެކަމަށްވެސް އެ ކޯޓުން ބުނެއެވެ.
ސިވިލް ކޯޓާއި ޑްރަގް ކޯޓު ރިސެސަށް ނުދިޔަނަމަވެސް، ކްރިމިނަލް ކޯޓާއި ފެމެލީ ކޯޓު ރިސެސަށް ދާނެއެވެ. އަދި ސުޕްރީމް ކޯޓާއި ހައިކޯޓު މިހާރު އޮތީ ރިސެސްގައެެވެ.
ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތު ހަަމަވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު