އިންސާނީ ހައްގުތަކަށް އިހްތިރާމްކުރާ ވިޔަފާރިތަކަށް ޚާއްޞަ އެވޯޑެއް ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ނިންމައިފިއެވެ.
އިންސާނީ ހައްގުތަކަށް އިހްތިރާމްކުރާ ވިޔަފާރިތަކަށް ޚާއްޞަ އެވޯޑެއް ދިނުމަށް ނިންމާފައިވާކަން އިއުލާންކުރީ އެޗްއާރުސީއެމަށް 18 އަހަރު ފުރުމާއި ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މި އެވޯޑް ދޭނީ "ހިއުމަން ރައިޓްސް ސެޓިފިކޭޝަން އޮފް ބިޒްނަސް ޕްރޮގްރާމް"ގެ ނަމުގައެވެ. މިފަދަ އެވޯޑެއް ދިނުމުގެ މަޤްޞަދަކީ ވިޔަފާރިތަކުން އިންސާނި ހައްގުތަކަށް އިހްތިރާމްކޮށް އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ބާރުއެޅުންކަމަށް އެޗްއާރުސީއެމުން ބުނެއެވެ. އަދި ހައްގުތައް ކަށަވަރުކުރެވިފައިވާ މުޖުތަމައެއް ބިނާކުރުމަށް އެކޮމިޝަނުން ކުރާ ކަންކަމަށް ވިޔަފާރިތަކުގެ އެއްބާރުލުން އިތުރުކުރުކުރުމަކީވެސް އޭގެ މަޤްޞަދެއްކަމަށް އެޗްއާރުސީއެމުން ބުނެފައި ވެއެވެ.
އެޗްއާރުސީއެމުން ބުނީ އެވޯޑް ދިނުމުގައި ވިޔަފާރިތަކުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާއި ދެކޮޅަށް އުސޫލު އެކުލަވާލާއި ހުރުމާއި، ވިޔަފާރިތަކުގައި އެކުލަވާލާފައިވާ އުސޫލްތައް ދިރާސާކުރުމާއި، އެ ވިޔަފާރިއެއް ހިންގާ ތަނަށް ޒިޔާރަތްކުރުމާއި، މުވައްޒަފުންނާއި އިންޓަރވިއުކުރުމާއި، ކަސްޓަމަރުންގެ ޚިޔާލަށްވެސް ރިއާޔަތްކުރާނެކަމަށެވެ.
އެވޯޑް ދިނުމަށް ކަނޑައަޅާފައިވަނީ ހިއުމަން ރައިޓްސް ސެޓިފައި ގޯލްޑް، ހިއުމަން ރައިޓްސް ސެޓިފައި ސިލްވަރ އަދި ހިއުމަން ރައިޓްސް ސެޓިފައި ބްރައުންޒް އެވޯޑެވެ.
އެޗްއާރުސީއެމުން ބުނީ ވިޔަފާރި ކުރާ ފަރާތަކުން އިންސާނީ ހައްގުތައް ނުގުޅައިގަނެފައިވާ މައްސަލައެއް ޝަރުއީ ކޯޓަކުން ސާބިތުވެއްޖެނަމަ އަދި އެޗްއާރުސީއެމުން އިސްނަގައިގެން މައްސަލައެއް ފާހަގަކުރެވިއްޖެނަމަ އެ ވިޔަފާރިއެއް ޑީ-ސެޓިފައިކުރެވޭކަމަށެވެ.
އެޗްއާރުސީއެމުން ބުނީ ރާއްޖޭގައި ވިޔަފާރިތަކާއި އިންސާނީ ހައްގުތަކާއި ގުޅުންހުރި މައްސަލަތަކުގެ ތެރޭގައި، ވިޔަފާރިތަކުން ހިންގާ ބައެއް ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންތަކެއްވާކަމަށެވެ.

President @ibusolih attends a ceremony marking Human Rights Day and the 18th anniversary of the @hrcmv pic.twitter.com/VyN4vF3pTD
— The President's Office (@presidencymv) December 12, 2021
އެވޯޑް ދިނުމަށް ކަނޑައަޅާފައިވަނީ ހިއުމަން ރައިޓްސް ސެޓިފައި ގޯލްޑް، ހިއުމަން ރައިޓްސް ސެޓިފައި ސިލްވަރ އަދި ހިއުމަން ރައިޓްސް ސެޓިފައި ބްރައުންޒް އެވޯޑެވެ.
އެޗްއާރުސީއެމުން ބުނީ ވިޔަފާރި ކުރާ ފަރާތަކުން އިންސާނީ ހައްގުތައް ނުގުޅައިގަނެފައިވާ މައްސަލައެއް ޝަރުއީ ކޯޓަކުން ސާބިތުވެއްޖެނަމަ އަދި އެޗްއާރުސީއެމުން އިސްނަގައިގެން މައްސަލައެއް ފާހަގަކުރެވިއްޖެނަމަ އެ ވިޔަފާރިއެއް ޑީ-ސެޓިފައިކުރެވޭކަމަށެވެ.
އެޗްއާރުސީއެމުން ބުނީ ރާއްޖޭގައި ވިޔަފާރިތަކާއި އިންސާނީ ހައްގުތަކާއި ގުޅުންހުރި މައްސަލަތަކުގެ ތެރޭގައި، ވިޔަފާރިތަކުން ހިންގާ ބައެއް ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންތަކެއްވާކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު