މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފުއްދާފައިވާ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން, އެކޮމިޝަނުގެ ޓީމަކާއި ފުލުހުންގެ ޓީމެއް މެލޭޝިއާއަށް ދާން ތައްޔާރުވެއްޖެއެވެ.
ރިޔާސީ ކޮމިޝަންގެ ޓީމަކާއި ފުލުހުންގެ ޓީމެއް މެލޭޝިޔާއަށް ދިއުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަދުވަހުއެވެ. މި ދަތުރުގައި ތަހުގީގުކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން ބައެއް ދިވެހިންނާއި ސުވާލުކުރުމަށް ނިންމާފައިވާކަން "ރަސް އޮންލައިން"އަށް ވަނީ އެނގިފައެވެ. ނަމަވެސް އެ ޓީމު މެލޭޝިއާއަށް ދަނީ ކޮން މައްސަލައަކާއި ގުޅިގެންކަމެއް އަދި ސުވާލު ކުރަނީ ކޮން ބަޔަކާއި ކަމެއް އެނގިފައެއް ނުވެއެވެ.
"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިޙް ކޮމިޝަނެއް އުފައްދަވާފައިވަނީ 17 ނޮވެންބަރު 2018ގައެވެ.
މަރު ކޮމިޝަން އެކުލަވާލީ 2012 ޖެނުއަރީ އެކަކުން ފެށިގެން 2018 ނޮވެމްބަރު 17ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤްކުރުމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު މި ކޮމިޝަނަށް މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނުވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. ނުވަތަ އައު ހޯދުންތަކެއް ހޯދިފައިވެސް ނުވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު