މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އައިޝަތު މުހައްމަދު ދީދީގެ ފިރިކަލުން އަވަހާރަވެއްޖެއެވެ.
ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީގެ ފިރިކަލުން އިބްރާހިމް ޒާހިރު އަވަހާރަވީ މިއަދު މެންދުރުފަހު 2:00 ހާއިރު އިންޑިއާގެ ކޮޗިންގެ ރަޖާގިރި ހޮސްޕިޓަލްގައިކަމަށް މައުލޫމާތު ލިބެއެވެ. ރާޖަގިރި ހޮސްޕިޓަލަކީ އިބްރާހީމް ޒާހިރު އާންމުކޮށް ފަރުވާ ހޯއްދަވާ ހޮށްޕިޓަލް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މިނިސްޓަރ އައިޝާ އާއި ޒާހިރުގެ 37 އަހަރުވީ ކައިވެންޏަށް 2 ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އަދި ޖެންޑަރ މިނިސްޓަރގެ ފިރިކަލުން، ޒާހިރަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރުގެ ބޭބޭފުޅެވެ.

ކިޔުންތެރިންގެ ހިޔާލު