ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، އޭބީސީ އަޅަން ބޭނުންވާ ސާމާނު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށް އެމް.ޓީ.ސީ.ސީން ބުނެފިއެވެ.
އެމްޓީސީއިން ބުނެފައިވަނީ، މި މަޝްރޫޢުގެ ދަށުން، 17790 އަކަމީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 4960 އަކަމީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުން ހިމެނޭ ކަމަށެވެ.
މީގެއިތުރުން މި މަޝްރޫއުގެ ދަށުން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. އެގޮތުން މިހާރު ވަނީ ފެންހިންދާ ނިޒާމުގެ 57 ޕަސެންޓް ނިމިފައިކަމަށް ވެސް އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ.
37.8 މިލިއަން ރުފިޔާގެ ހޭދަކޮށްގެން ސަރުކާރުން ހިންގާ މި މަޝްރޫއު ނިންމޭނެކަމަށް ލަފާކުރެވެނީ 300 ދުވަސް ތެރޭގައި ކަމަށް އެމްޓީސީސީން ބުނެއެވެ.

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، އޭބީސީ އަޅަން ބޭނުންވާ މެޓީރިއަލްސް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި. އަދި ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ 57 ޕަސެންޓް ވަނީ ނިމިފައި.#MTCCProjects #RayyithungeKunfuni pic.twitter.com/06aPvIY5bM
— MTCC Plc (@MTCCPlc) December 13, 2021
މީގެއިތުރުން މި މަޝްރޫއުގެ ދަށުން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. އެގޮތުން މިހާރު ވަނީ ފެންހިންދާ ނިޒާމުގެ 57 ޕަސެންޓް ނިމިފައިކަމަށް ވެސް އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ.
37.8 މިލިއަން ރުފިޔާގެ ހޭދަކޮށްގެން ސަރުކާރުން ހިންގާ މި މަޝްރޫއު ނިންމޭނެކަމަށް ލަފާކުރެވެނީ 300 ދުވަސް ތެރޭގައި ކަމަށް އެމްޓީސީސީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު