ސްކޫލު ދަރިވަރުންނަށް ކިޔަވައިދޭ އިސްލާމް ފޮތުގައި ނުބައިކޮށް ހުރި އާޔަތްތައް ހިލޭ ސާބަހަށް ކުށްފިލުވައިދޭން ތައްޔާރަށް ހުންނެވި ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.

ސްކޫލް ކުދިން ކިޔަވާ އިސްލާމް ފޮތުގައި ކީރިތި ގުރުއާންގެ އާޔަތްތައް އިސްފަސްވެ ތަރުތީބު އޮޅި ނުބައިކޮށް ހުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެކަމާ ގުޅިގެން ދީނީ އިލްމްވެރިން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ ‏އިސްލާމް ފޮތުގައި އާޔަތް ނުބައިކޮށް ލިޔެވިފައި ހުރުން އެއީ އާޔަތް އުނިކުރަން އޮތް ޙުއްޖަތެއް ނޫން ކަމަށެވެ. އެ ޙާލަތުގައި ޖެހޭނީ އިސްލާމް ފޮތުގެ ކުށްފިލުވައި އިޞްލާޙު ކުރަން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެެވެ.





"އަޅުގަނޑުމެން ހިލޭ ސާބަހަށްވެސް ކުށްފިލުވާދީފާނަން އިންޝާ ﷲ." ރާއްޖޭގެ އެންމެ މޮޅު ގުރުއާން ތަފްސީރު އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. އިޔާޒް ވިދާޅުވިއެވެ.

ސްކޫލު ކުދިން ކިޔަވާ އިސްލާމް ފޮތުގައި ކީރިތި ގުރުއާންގެ އާޔަތްތައް ހުރި މައްސަލައިގައި ދީނީ އިލްމްވެރިން ކަންބޮޑުވުން ފާޅުކުރަން ފެށުމުން އެ ފޮތްތައް އިސްލާހު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު