ރައީސުލްޖުމްހޫރިއްޔާގެ ދައުރު 10 އަހަރަށް ދަންމާލަން، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

ރިޔާސީ ދައުރަށް އިސްލާހު ގެނައުމަށް ޖާބިރު ހުށަހެޅި ބިލުގައި ބުނެފައިވަނީ 2008 ވަނަ އަހަރު ފާސްކުރި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ތަސްދީގު ކުރި ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކާއި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލާއިރު، ރާއްޖޭގައި ވެރިކަން ހިންގުމުގައި އެތަކެއް ސިޔާސީ އަދި އިގްތިސޯދީ ހުރަސްތަކެއް ހުރި ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދެ އަހަރަށް ވުރެ ގިނަދުވަހު ކޮވިޑް-19ގެ ސަބަބުން މަޝްރޫއުތައް ނުފެށި ލަސްވެފައިވާ ކަމަށް ޖާބިރުގެ ހުށައެޅުއްވި ބިލްގައި ބުނެފައިވެއެވެ.

ކަން މިހެން ހުރުމުން ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރުގެ ގޮތުގައި މިވަގުތު އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫންކަން ގާނޫނު އަސާސީގެ ދަށުން އިންތިހާބުވި ހުރިހާ ރައީސުންގެ ބަސްމަގުން އެނގޭ ކަމަށް ޖާބިރުގެ ބިލްގައި ވަނީ ބުނެފައެވެ.

އެހެންކަމުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް އެންމެ އެކަށޭނަ ގޮތުގައި ފޯރުކޮށްދިނުމަށް ޓަކައި، ދައުރު 10 އަހަރަށް އިތުރު ކުރުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ވެސް ބިލްގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު