އަލް މަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ނުވަތަ އަރަބިއްޔާއަށް ދިމާވެފައިވާ ހާލަތަށް އަދުލްވެރި ހައްލެއް ހޯދައިދިނުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެެވެ.
ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ފުރަތަމަ ޗާންސެލަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު މިހެން ވިދާޅުވީ އަރަބިއްޔާގެ އިމާރަތް ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެ އެތަނުގައި ކިޔަވާ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ސުވާލު އުފެދި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދާތީ އެކަމަށް އިޝާރަތްކުރައްވަމުންނެެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އަރަބިއްޔާއަކީ ރާއްޖޭގެ އަރަބި ބަހުން ތައުލީމް ދޭ ހަމައެކަނި މަރުކަޒު ކަމަށެވެ. އެހެންކަމުން އަރަބިއްޔާއަށް މިއަދު ދިމާވެފައިވާ ހާލަތަށް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
"އެތަނުގެ (އަރަބިއްޔާގެ) ދަރިވަރުންނަށް ވެސް ހައްގު މިންވަރު ދޭންޖެހޭނެ." އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަންގެ އެޑްވައިޒަރ ޑރ. ޝަހީމް ވިދާޅުވިއެެވެ.
ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތް ވަރަށްބޮޑަށް ހަލާކުވެފައިވާތީ އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ، އަރަބިއްޔާ ސްކޫލު އިމާރާތުގެ މައްސަލަ އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީއާއި ޕްލޭނިންގް މިނިސްޓްރީ ގުޅިގެން އެ އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް މިހާރު ވަނީ ހަދާފައެެވެ. ޢިމާރާތުގެ ސްޓްރަކްޗުރަލް އެސެސްމަންޓެއް ހެދުމުގެ މަސައްކަތްވެސް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

Arabiyya @Arabiyya_School ah dhimaavefaivaa haalathah Adhuluveri halleh hoadha dhinumaki kuran jehey kameh. Arabiya aki Raajjeygavaa Arabi bahun thauleemu dhey hama ekani Madhurasa. Ethanuge dharivarunah ves Haggu minvaru dheyn jeheyne.
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 12, 2021
"އެތަނުގެ (އަރަބިއްޔާގެ) ދަރިވަރުންނަށް ވެސް ހައްގު މިންވަރު ދޭންޖެހޭނެ." އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަންގެ އެޑްވައިޒަރ ޑރ. ޝަހީމް ވިދާޅުވިއެެވެ.
ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތް ވަރަށްބޮޑަށް ހަލާކުވެފައިވާތީ އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ، އަރަބިއްޔާ ސްކޫލު އިމާރާތުގެ މައްސަލަ އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީއާއި ޕްލޭނިންގް މިނިސްޓްރީ ގުޅިގެން އެ އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް މިހާރު ވަނީ ހަދާފައެެވެ. ޢިމާރާތުގެ ސްޓްރަކްޗުރަލް އެސެސްމަންޓެއް ހެދުމުގެ މަސައްކަތްވެސް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު