ދައުލަތާއެކު ހެދި އިއުތިރާފް އެއްބަސް ވުމެއްގެ ދަށުން، ކުޑަކުދިން ތަކަކާ ބެހުނު މީހަކު 30 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކުޑަކުދިންތަކަކާއި ޖިންސީ އަމަލު ހިންގިކަން ސާބިތުވެ 30 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ވ. ގާތިފް، ޙަސަން ޢަތޫފްގެ މައްޗަށެވެ.

މި މައްސަލައިގައި ދަޢުވާލިބޭ މީހާ، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިޢުތިރާފުވެ، ދައުލަތާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވަނީ ހަދާފައެެވެ. މިމައްސަލައިގައި ދަޢުވާލިބޭ މީހާއާއެކު ޝަރީޢަތުގައި މިމައްސަލާގައި ކޮށްފައިވާ ފަސް ދަޢުވާގެ ތެރެއިން ދެ ދަޢުވާއަކަށް އިޢުތިރާފުވެ، ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފު ދަމަހައްޓައިފިނަމަ، މި ފަސް ދަޢުވާގެ ތެރެއިން ތިން ދަޢުވާ އަނބުރާ ގެނައުމަށް ދައުލަތުން ވަނީ އެއްބަސްވެފައެވެ.



މިމައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ފަސް ދަޢުވާ ސާބިތުވިނަމަ އެކު ޖުމްލަ 76 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް އިއުތިރާފް އެއްބަސްވުމުގެ ދަށުން އަދަބު ކަނޑައެޅުމުން އައީ ދެ ދަޢުވާއަށް އެކު ޖުމްލަ 30 އަހަރުގެ މުއްދަތަށް ޖަލުގައި ބަންދުކުރުން ކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު