އަހުމަދު މަސްނޫމް   14 ޑިސެމްބަރު 2021 - 4:31
ކުނި ނައްތައިލުމުގެ ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 14 މިލިއަން ޑޮލަރުގެ ލޯނެއް ދިވެހި ސަރުކާރުން ނަގައިފިއެވެ.

އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ބުނީ ކުނިން ހަކަތަ އުފެއްދޭ ގޮތަށް ހިންގާ މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ ކުނި 10 ޕަސެންޓް މަދުކޮށްދީ 6،000 ގޭބީސީ އަށް ކަރަންޓް ފޯރުކޮށްދޭނެ ކަމަށެވެ.

އެ ލޯނާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ޕްރޮޖެކްޓާއެކު ގާތްގަނޑަކަށް 100 އިތުރު ވަޒީފާ އުފެއްދޭނެ ކަމަށެވެ.





އެކި ޕްރޮޖެކްޓްތައް ހިންގަން ބޭރުގެ އެކި މާލީ އިދާރާތައް މެދުވެރިކޮށް، ސަރުކާރުން މިހާރު ވެސް ވަނީ ގިނަ އަދަދެެއްގެ ލޯނު ނަގާފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ލޯނު ނަގާފައިވަނީ އިންޑިއާއިން ކަން ފާހަގަކޮށްލެވެއެވެ.

ކުނި ނައްތާލުމަށް ސަރުކާރުން ލޯނެެއް ނަގާފައިވާއިރު ދައުލަތުގެ ދަރަނި އަންނަ އަހަރު 100 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމުގައި އެމްއެމްއޭ އިން މީގެ ކުރިން ވަނީ ބުނެފައެވެެ. އެކަމާ ގުޅިގެން އެމްއެމްއޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެެވެ.

އަންނަ އަހަރު ދަރަނި މި އަހަރަށް ވުރެ 9.6 ޕަސެންޓް މަތިވާނެ ކަމަށް މަރުކަޒީ ބޭންކުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު