ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު:
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު:
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު މިރޭ އަވަހާރަވެއްޖެ އެވެ.

ރަސްއޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ފަހުން، މިރޭ 1:30 ހާއިރު މެމްބަރު ހުސެއިން އަވަހާރަވީ ހާލުކޮޅު ގޯސްވެގެންެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވަނިކޮށެވެ.

ސިއްހީ ހާލުކޮޅު ގޯސްވެގެން މިއަހަރު ކުރީކޮޅު ޔޫއޭއީގެ ދުބާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ދުވަސްތަކެއް ވަންދެން އޮތްނެވުމަށްފަހު މެމްބަރު ހުސެއިން ވަހީދުވަނީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ޖަލްސާގައި މެމްބަރު ހުސައިން ވަނީ އާލާސްކަންފުޅާ އުޅުއްވާ ކަން ހާމަކުރައްވައި އޭރު ވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެދުވަސްތަކުގައި އޭނާގެ ހާލު އޮޅުންފިލުވި އެންމެހައި ބޭފުޅުންނަށް މެމްބަރު ވަނީ ޝުކުރު ވެސް އަދާކުރައްވާފަ އެވެ.

މިރޭ ހުސެއިން އަވަހާރަވީ އިރު އޭނާގެ ތިން ބޭފުޅުންނާއި އަނބިކަނބަލުން ދުނިޔޭގައި އެބަތިއްބެވި އެވެ. ތިންބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ދެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ.

މެމްބަރު ހުސެއިންގެ އަވަހާރަވުމާއެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެމްޑީޕީގެ ގިނަ އަދަދެއްގެ އިސް ބޭފުޅުންގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުންގެންދަވަނީ މެމްބަރުގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު