ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި އިސްކޮށް އުޅުނު އަޙްމަދު އަދުހަމަށް ހުކުމް އިއްވުމުގެ މަޖިލިސް މިއަދު ހެނދުނު 11:00 ޖަހާއިރަށް ތާވަލްކޮށްފިއެވެ.
މިދިޔަ މޭމަހުގެ 6 ވަަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން އިރު، އަދުހަމަކީ އެ ބޮން ގޮއްވާލަން ރިމޯޓަށް ފިތާލި މީހާއެވެ.
އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއްކުރުން، ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަންއުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ. އަދުހަމާއެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާއިރު އަދުހަމް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިޢުތިރާފްވެފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، އަދުހަމާއެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުން ޝަރީއަތަށް ބަލައިގަނެފައިވާކަމަށެވެ. އަދި އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ޙުކުމެއް އަންނާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ބޮން ގޮއްވާލި އަދުހަމް ހައްޔަރުކޮށްފައިވަނީ ބޮން ގޮއްވާލިތާ ދެ ދުވަސް ފަހުން ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގެ ޓާސްކު އަދުހަމާއި ހަވާލުކުރީ މިކަން ރޭވުމުގައި މި ސެލްގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ އިޝްހާގުކަމަށް އަދުހަމް ވަނީ ބުނެފައެވެ. އަދި އެކަމާއި ގުޅޭގޮތުން އަދުހަމް ސުވާލުކުރުމުން ސުވާލު ގިނަކުރުމަކީ ދީނީގޮތުން ހުއްދަކަމެއް ނޫންކަމަށް ބުނެ އެ ސުވާލުތަކަށް އިޝްހާގު ޖަވާބުދީފައިނުވާކަމަށްވެއެވެ.
އަދުހަމް ބޮން ގޮއްވާލުމުގެ ތިން ދުވަސްކުރިން މަޖިލީހުގެ ރައީސް ނަޝީދަށް ފާރަލާ އެމަނިކުފާނުގެ މޫވްމަންޓްތައް ހުރި ނެތްގޮތް ވަނީ ބަލަން ފަށާފައެވެ. އަދި ހަމަލާދިން ރޭވެސް އެއްގަޑިއިރުކުރިން އަތަމާ ޕެލެސް އިމާރާތް ކައިރިޔަށް އަދުހަމް ގޮސް އެތަނުގައި ދިޔައީ ހަރަކާތްތެރިވަމުންނެވެ.
އަދުހަމްގެ އިތުރުންވެސް މިމައްސަލައިގައި އިތުރު ބައެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އެ މީހުން ކުށަށް އިއުތިރާފްވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު