އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 53 އިންސައްތަ ނިމިއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން، ބަނދަރުގެ އެއްގަމުތޮށި ލުމަށްޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި މަޝްރޫއުގެ ދަށުން 204 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 266 މީޓަރ އެއްގަމުތޮށި ހެދުމާއި، 160 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 1330 ސްކެއަރ މީޓަރ ޕޭވްމަންޓް ހެދުމާއި، 4646 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 404 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، 12 މޫރިން ބްލޮކްސް ޖެހުމާއި، 2 ނެރުބައްތި ޖެހުމުގެ އިތުރުން 14 ބަނދަރު ބައްތި ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާއެކު މި މަޝްރޫއުގައި ސޮއިކޮށްފައިވަނީ 29 ޑިސެމްބަރ 2019 އެވެ. މިއީ ޖުމްލަ 32.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު