އިންޑިއާގެ ހިލޭ އެހީން އައްޑޫގައި ހިންގާ އީކޯ ޓޫރިޒަމް ހައި އިމްޕެކްޓް ޕްރޮޖެކްޓަށް އެ ގައުމުން ދޭ ފައިސާގެ ހިލޭ އެހީގެ ތެރެއިން 11.4 މިލިއަން ރުފިޔާ ދިވެހި ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނެފިއެވެ.
އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހަވާލުކުރި ފައިސާ އަކީ އައްޑޫ އިކޯ ޓޫރިޒަމް ޕްރޮޖެކްޓަށް ދޭ ފައިސާގެ ތެރެއިން ތިން ވަނަ އިންސްޓޯލްމެންޓް ކަމަށެވެ. އަނެއް ދެ އިންސްޓޯލްމަންޓްގެ ފައިސާ މިދިޔަ އަހަރު ހަވާލުކޮށްފައިވާ ކަމަށް ވެސް އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެއެވެ.
އިކޯ ޓޫރިޒަމްގެ ފަސް މަޝްރޫއެއް ހިންގަން އިންޑިއާއިން ރާއްޖެއަށް ހިލޭ އެހީދިނުމުގެ އެއްބަސްވުމެއްގައި މިދިޔަ އަހަރު ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ވަނީ ޖުމްލަ 2.49 މިލިޔަން ޑޮލަރު (38 މިލިޔަން ރުފިޔާ) ދޭން ނިއްމާފައެވެ. އެ ފައިސާއިން އިކޯ ޓޫރިޒަމް މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވަނީ އައްޑޫގެ ފޭދު އާއި މަރަދުއާއި ހިތަދުއާއި ހުޅުދޫގަ އެވެ.
އިންޑިއާ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ މަޝްރޫއުގެ ސަބަބުން އައްޑޫގައި ވަޒީފާގެ ފުރުސަތު އިތުރުވާނެ ކަަމަށެވެ. މުޖުތަމައުތަކަށް ރަނގަޅު އަސަރުކުރާނެ، "ހައި އިމްޕެކެޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތައް" އިންޑިއާގެ އެހީގައި ބަައެއް އެހެން ރަށްތަކުގައި ވެސް މިހާރު ފެށިގެން ކުރިއަށްދާކަން ވެސް އެ ބަޔާނުގައި ފާހަަގަކޮށްފައިވެއެވެ.
އިންޑިޔާ ހައިކޮމިޝަނުން ބުނީ އައްޑޫގައި ވެސް އިކޯޓޫރިޒަމްގެ އިތުރުން މަސްވެރިކަން ކުރިއެރުވުމުގެ މަަޝްރޫއުތަކެެއް ހިންގަމުން އަންނަ ކަމަށެެވެ. އޭގެ ތެރޭގައި މަރަދުއާއި ހިތަދުއާއި ހުޅުދޫގައި ފިޝް ޕްރޮސެސިން ޕްލާންޓްތައް އެޅުމުގެ މަޝްރޫއުތައް ހިމެނެ އެވެ. ފިޝް ޕްރޮސެސިން ޕްލާންޓެއް ނ. ކެނދިކުޅުދޫގައި ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު