މާލެ ސިޓީގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމަށް މަދުވެގެން 13 ކިލޯވަޓް އަވާގެ ޕަންޕް ބޭނުުންވާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު ރޭ ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، މާލޭ ހަތަރު ސަރަހައްދެއްގައި ފެން ހިންދާ ނިޒާމުގެ ޕަމްޕުތަކެެއް ބަހައްޓާފައިވާ ކަަމަށާއި، އެހެން ނަމަވެސް އެއީ އެންމެ ނުވަ ކިލޯވަޓް އަވާ ގެ ޕަމްޕުތަކެއް ކަމަށެވެ. މާލޭގެ ފެންބޮޑުވާ ސަރަހައްދުތަކުގައި ފެން ހިންދުމަށް އެންމެ މަދުވެގެން 13 ކިލޯވަޓް އަވާ ގެ ޕަމްޕު ބޭނުންވާ ކަމަށް ޝާހް ވިދާޅުވިއެވެ.
ޝާހް ވިދާޅުވީ މާލޭގެ ފެން ހިންދާ ނިޒާމު ގާއިމްކުރުމަށް ހެދި ކަލްކިއުލޭޝަންތަކުގައި ފުރާޅުތައް ހިމަނާފައި ނުވާކަމަށެވެ. ފުރާޅުތަކުން ފައިބާ ފެން ވެސް އެޅެނީ މަގުމައްޗަށް ކަމަށްވާއިރު، އެ ފެން ބޭރުކުރަން ގާއިމްކޮށްފައިވާ ޕަމްޕުތަކަކީ އެކަށީގެންވާ ޕަމްޕުތަކަކަށް ވާންޖެހޭ ކަމަށް ޝާހު ވިދާޅުވިއެވެ.
"ފެންބޮޑުވީމަ ފެން ބޭރުކުރަން ހުރި ޕަންޕްތަކަކީ އެކަށީގެންވާ ޕަންޕް ތަކަކަށް ވާންޖެހޭ، މިހާރުހުރި ޕަންޕް ތަކަކީ ނުވަ ކިލޯވަޓް އަވާގެ ޕަންޕްތަށް، ދެން ބައެއް އެކްސްޕާޓުން އަޅުގަނޑުމެންގެ ބައެއް އިންޖިއަނަރުން އެބަ ބުނޭ އޭތި 13 ކިލޯވަޓް އަވާ އަށް ހަދާލައިފިއްޔާ މިއަށް ވުރެ އަވަހަށް އެކަން (ފެން ހިދޭނެ) އޭ" ޝާހް ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހް ވިދާޅުވީ، މާލޭގެ ހަތަރު ސަރަހައްދުގައި މިހާރު ބަހައްޓާފައިވާ ޕަންޕްތަކަކީ ވާރޭ ވެހުމުގެ ސަބަބުން ދިމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބަހައްޓާފައިވާ ޕަންޕްތަކެއް ނޫން ކަމަށެވެ. އަދި އެއީ މާލެ ފަދަ ބޮޑު ސަރަހައްދަކަށް އެންމެ އެކަށީގެންވާ ފެން ހިންދާ ނިޒާމެއް ނޫން ކަމަށް ޝާހް ވިދާޅުވިއެެވެ.
"މާލޭގައި މިހާރު ގާއިމްކޮށްފައިވާ ފެން ހިންދާ ނިޒާމަކީ ޚަރަދުކުޑަކުރުމުގެ ގޮތުންނާއި ވަގުތުގެ ގޮތުން އޭރު ނިންމެވީ ކޮންމެވެސް ވަރަކަށް މާލޭގެ ހުޅަނގު ދެކުނާއި ދިމާލުން އަޑިކޮށް އޮންނަ ދިމާ ބޮޑަށް ފެން މިބޮޑުވަނީ މި ދިމާތަކުގައި ކޮންމެވެސް ވަރެއްގެ ޕަންޕް ތަކެއް ބަހައްޓައިގެން ފެން ބޭރުކުރުމަށް، މާލޭގެ ވަކިވަކި ތަންތަން ކޮޅަކަށް ފެން ބޮޑުވާތީ އެފެންތަށް ބޭރުކޮށްލަން ހެދިފައި އޮތް ނިޒާމެއް." ޝާހް ވިދާޅުވިއެވެ.
މާލޭގައި ފެން ހިންދާ ޕަންޕް ބަހައްޓާފައިވަނީ ސިނަމާލެ ހިމެނޭ ސަރަހައްދާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ހިމެނޭ ސަރަހައްދާއި އިސްކަންދަރު ކޮށި ކައިރީގައާއި ކަނބާ އައިސަ ރަނި ހިނގުމުގައި އަދި ހަވީރީ ހިނގުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު