ރޭ އަވަހާރަވި ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދުގެ މައްޗަށް ކުރެވުނު ކަށު ނަމާދަށްފަހު އެ މަރުޙޫމްގެ ސަންދޯއް ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ރައީސް މުހަންމަދު ނަޝީދު އުފުއްލަވައިފިއެެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހުސައިން އަވަހާރަވީ ރޭ ދަންވަރުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. ހުސައިންގެ މައްޗަށް ކުރެވުނު ކަށު ނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
މި ކަށު ނަމާދުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. ހުސައިންގެ ކަށު ނަމާދަށްފަހު އިސްލާމީ މަރުކަޒުން ސަންދޯއް ނެރުނުއިރު ސަންދޯއް އުފުއްލެވުމުގައި އިސްކޮށް ތިއްބެވީ ރައީސް ސޯލިހާއި ރައީސް މުހަންމަދު ނަޝީދެވެ.
ކަށު ނަމާދަށްފަހު ހުސައިން ވަހީދު މިހާރު ވަނީ ފަސްދާނުލާފައެެވެ.
މަރުޙޫމް ހުސައިން ވަހީދުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހުސައިން ވަހީދަކީ އެމްޑީޕީގެ ވަރުގަދަ ތަނބެއް ކަމަށެވެ. ހުސައިނަކީ ދިވެހިރާއްޖޭގެ މަލްޓި ޕާޓީ ޑިމޮކްރަސީ ގެނައުމުގައި މުހިންމު އަދި ބޮޑު ދައުރެއް އަދާކުރެއްވި ޕާޓީއަށް އިޚްލާސްތެރި ބައިވެރިއެއްކަން ވެސް ރައީސް ނަޝީދުގެ ތައުޒިޔާގެ މެސެޖްގައި ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު