އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން މަގާމުން ވަކި ކުރުމާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ފަށައިފިއެވެ.
އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމުގެ މަސައްކަތަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެމްޑީޕީގެ މެމްބަރުން މަސައްކަތްފަށާފައިވާއިރު، މަޖިލީހުގެ މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމާފައެވެ.
މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓް ދިރާސާ ކުރުމަށްފަހުއެވެ. މި އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ.
މަޖިލިސް މިހާރު ޗުއްޓީގައި އޮތްއިރު، އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް ބޭއްވުމަށް ކޯރަމް ހަމަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެކަމާއި ގުޅޭގޮތުން މިރޭ ބައްދަލުމެއް ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އޭސީސީގެ މެންބަރުންގެ ޕާފޯމަންސް އޮޑިޓް ހެދުމަށް މަޖިލީހުގެ ކޮމިޓީން ނިންމީ އެކި މައްސަލަތަކާ ގުޅޭގޮތުން އޭސީސީން މަޖިލީހުގައި ތަފާތު އެކި ތާރީހުތައް ދެމުން ވާހަކަ ދެއްކެވި ނަމަވެސް ނަތީޖާއަކާއި ހަމައަށް ގޮސްފައިނުވާކަމަށް ބުނެއެވެ.
އޭސީސީގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނާއިބް ރައީސް ފާތުމަތު އަނޫލާ، މެމްބަރު އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲއެވެ. ކޮމިޝަންގެ މެންބަރު އަލީ އަޝްރަފް ވަނީ އޮޑިޓްގެ މަސައްކަތް ފެށުމާއެކު ކޮމިޝަނުން އިސްތިޢުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު