ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ސީޕްލޭން ޓާމިނަލް އަންނަ އޭޕްރީލްމަހުގެ ތެރޭގައި ބޭނުންކުރަން ފަށަން ތައްޔާރުވަމުން އަންނަކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ބުނެފިއެވެ.
އޭޕްރީލްމަހު އައު ސީޕްލޭން ޓާމިނަލް ބޭނުންކުރަން ފަށަން ތައްޔާރުވާއިރު، މިހާރު ބޭނުންކުރާ ޓީއެމްއޭގެ ސީޕްލޭން ޓާމިނަލް އަންނަ މާޗު 31 ވަނަ ދުވަހުގެ ނިޔަލަށް ހުސްކުރަން މިހާރު ވަނީ ނޯޓިސް ދީފައެވެ.
އެއަރޕޯޓުގެ އޮފިޝަލަކު ވިދާޅުވީ ސީޕްލޭން ޓާމިނަލްގެ ލައުންޖުތައް އޮޕަރޭޓުކުރާ އޮޕަރޭޓަރުން އެ ތަންތަން ހެދުމުގެ މަސައްކަތްކުރަމުންދާއިރު އެ ފަރާތްތަކަށް އެމްއޭސީއެލްގެ ފަރާތުން ދޭން ޖެހޭ އެހީތެރިކަމަކީ ކޮބައިތޯ ބަލަމުންދާކަމަށެވެ. އަދި އާ ސީޕްލޭން ޓާމިނަލްގައި ލައުންޖު ހިންގަން ހަވާލުކޮށްފައިވާ ފަރާތްތަކާއެކު އެމްއޭސީއެލްގެ ވެރިން މިދިޔަ އާދިއްތަ ދުވަހު ވަނީ ބައްދަލުވެސް ކުރައްވާފައެވެ.
ސީޕްލޭން ޓާމިނަލްގައި ލައުންޖު ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލީ މިދިޔަ އޮގަސްޓްމަހުއެވެ.
އެމްއޭސީއެލުން ބުނީ އައު ސީޕްލޭން ޓަރމިނަލްގައި އެގްޒެކެޓިވް ލައުންޖުތައް ކުއްޔަށް ހިފާ ފަރާތްތަކުން އެތަންތައް ސެޓްއަޕްކޮށް، އޮޕަރޭޓު ކުރަން ޖެހޭނީ އެމްއޭސީއެލުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.
އާ ސީޕްލޭން ޓަރމިނަލަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ 1.2 ބިލިއަން ޑޮލަރުގެ މަޝްރުޢޫގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީކޮށްފައިވާ ޓަރމިނަލްގެ މަސައްކަތް ކުރުމަށް ހުޅުލެއިން 3.5 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. މި ޓަރމިނަލް ތަރައްޤީކުރަނީ 28 އަކަމީޓަރުގެ ސަރަޙައްދެއްގައި، 4 ފަންގިފިލާއަށެވެ. ޓަމިނަލްގައި ލޮބީތަކާއި ލައުންޖް އަދި އިދާރީ މަސައްކަތްތަކަށް ޚާއްސަ ސަރަޙައްދުތައްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު