ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު ވެކްސިން ޖަހައިގެން ދަތުރުކުރެވޭ މަގެއް ނުވަތަ ވެކްސިނޭޓެޑް ޓްރެވެލް ލޭން، ވީ.ޓީ.އެލެއް ޤާއިމްކުރުމަށް ދެގައުމުގެ ދެމެދުގައި އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުން ޤާއިމްކުރުމަށް މިއަދު ނިންމީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން އިސްނަގައިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް ހެލްތު އަދި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހުއެވެ.
ދިވެހިރާއްޖެ މަގުން ސިންގަޕޫރަށް ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް 16 ޑިސެމްބަރ 2021 އިން ފެށިގެން މި ވީ.ޓީ.އެލް.ގެ ދަށުން ދަތުރު ކުރެވޭނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދޫކޮށްފައިވާ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ސެޓްފިކެޓެއް އޮންނަ ކޮންމެ ދިވެއްސަކަށްވެސް، ކަނޑައެޅިފައިވާ ވީ.ޓީ.އެލް ފްލައިޓްތަކުން ނެގަޓިވް ޕީ.ސީ.އާރް. ކޮވިޑް-19 ޓެސްޓާއެކު ދަތުރުކުރެވޭނެކަމަށެވެ.

ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު ވެކްސިނޭޓެޑް ޓްރެވެލް ލޭނެއް ޤާއިމްކުރުން pic.twitter.com/KjvWSBInfY
— Ministry of Transport and Civil Aviation (@MoTCAmv) December 14, 2021
ދިވެހިރާއްޖެ މަގުން ސިންގަޕޫރަށް ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް 16 ޑިސެމްބަރ 2021 އިން ފެށިގެން މި ވީ.ޓީ.އެލް.ގެ ދަށުން ދަތުރު ކުރެވޭނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދޫކޮށްފައިވާ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ސެޓްފިކެޓެއް އޮންނަ ކޮންމެ ދިވެއްސަކަށްވެސް، ކަނޑައެޅިފައިވާ ވީ.ޓީ.އެލް ފްލައިޓްތަކުން ނެގަޓިވް ޕީ.ސީ.އާރް. ކޮވިޑް-19 ޓެސްޓާއެކު ދަތުރުކުރެވޭނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު